Ads by Farudhun

ޚަބަރު

ފިޔޯރީގެ މަގު ހެދުމުގެ މަޝްރޫއުގެ ސާވޭ މަސައްކަތް ފަށައިފި

ފިޔޯރީގެ މަގު ހެދުމުގެ މަޝްރޫއުގެ ސާވޭ މަސައްކަތް ފަށައިފި

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އާރްޑީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

25 އޯގަސްޓު 2026، 03:15

25 އޯގަސްޓު 2026، 03:15

 ގދ. ފިޔޯރީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫއުގެ ސާވޭ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށް  ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އިން ވިދާޅުވެއްޖެއެވެ. މި މަޝްރޫއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. 

ފިޔޯރީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކުރެވުނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. 

މި މަޝްރޫޢުގެ އެއްބަސްވުމުގައި، އިމާރާތްކުރުމާއި ގެދޮދުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބްއެވެ. އަދި އާރްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނަޡީމް އެވެ.



މި މަޝްރޫޢަކީ، 71،208،238.32 ރުފިޔާ އަށް 730 ދުވަސް ތެރޭގައި ނިންމުމަށް އާރުޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. 

އާރްޑީސީއަކީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް ޓަކައި އެތައް މަސައްކަތްތަކެއް ކޮށްދީފައިވާ އަދި ކުރަމުންދާ ކުންފުންޏެކެވެ. ޒަމާނީ ފެންވަރަށް މަގުހެދުން ފަދަ މުހިންމު މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، އިޤްތިޞާދީ ކުރިއެރުން ވަނީ ލިބިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450