Ads by Stelco

ޚަބަރު

ގެވެށިއަނިޔާގެ މައްސަލައެއްގައި މެލޭޝިޔާއިން ދިވެއްސަކު ހައްޔަރުކޮށްފި

ގެވެށިއަނިޔާގެ މައްސަލައެއްގައި މެލޭޝިޔާއިން ދިވެއްސަކު ހައްޔަރުކޮށްފި

މެލޭޝިޔާގެ ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 އޯގަސްޓު 2025، 06:40

30 އޯގަސްޓު 2025، 06:40

ގެވެށި އަނިޔާގެ މައްސަލައެއްގެ ތުހުމަތުގައި މެލޭޝިޔާގެ ފުލުހުން ދިވެއްސަކު ހައްޔަރުކޮށްފިއެވެ. 

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ ޢަބްދުލް ބާތީން މުޙައްމަދު މުސްތަފާއެވެ.

މެލޭޝިޔާގެ ފުލުހުން ތަޙުޤީޤުކުރަމުންދާ މި މައްސަލައާ ގުޅޭ މަޢުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތަށްވެސް ލިބިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި ބާތީންގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުންވެސް އަންނަނީ ތަޙުޤީޤުކުރަމުންނެވެ.

ގެވެށި އަނިޔާއަކީ ޤާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޢަމަލެއް ކަމަށްވެފައި، މިފަދަ މައްސަލަތަކުގައި ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުންނެވެ.

މި މައްސަލައިގައި މެލޭޝިޔާގެ ފުލުހުންނާއި ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ މިންވަރާ ގުޅޭ އިތުރު ތަފްސީލެއްވެސް ލިބިފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން