Ads by Stelco

ޚަބަރު

ނޫސްވެރިންނަށް އަމާޒު ކުރާ 'ޖަރނަލިސްޓް ފޮރ ޕީސް' ގައި ބައިވެރިވުމަށް ހުޅުވާލައިފި

ނޫސްވެރިންނަށް އަމާޒު ކުރާ 'ޖަރނަލިސްޓް ފޮރ ޕީސް' ގައި ބައިވެރިވުމަށް ހުޅުވާލައިފި

ނޫސްވެރިން

farudhun logo

ފަރުދުން

28 އޯގަސްޓު 2025، 01:10

28 އޯގަސްޓު 2025، 01:10

ކައުންޓަރ ޓެރަރިޒްމްގެ ދާއިރާއިން މީހުން ބިނާކުރުމަށް، ސައޫދީ އަރަބިއްޔާގައި ގާއިމްކޮށްފައިވާ "އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން" ގެ މެމްބަރު ގައުމުތަކަށް ފޯރުކޮށްދޭ "ސްޓްރެޓެޖިކް އިނިޝިއޭޓިވް" އެހީގެ ދަށުން ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ވިދާޅުވީ ، ކޮމިއުނިކޭޝަން ދާއިރާ އަށާއި ނޫސްވެރިންނަށް ޚާއްސަކޮށްގެން 2025 އޮކްޓޯބަރ 6 އިން 8 އަށް "ޖާނަލިސްޓް ފޯރ ޕީސް" ގެ ނަމުގައި ރާއްޖޭގައި ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން، މި ޕްރޮގްރާމުގައި ނޫސްމަޖައްލާތަކާއި ބްރޯޑްކާސްޓް މީޑިއާތައް ހިމެނޭގޮތަށް 10 މީޑިއާ އަކަށް ފުރުޞަތު ލިބޭނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން މިހާރު ވަނީ މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ މީޑިއާތަކުން، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން 01 ސެޕްޓެންބަރު 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އެ ވުޒާރާއަށް މެއިލް ކުރުމަށް އެދިފައިވެއެވެ. އެއާއެކު ހުށަހަޅާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށް ހަމަޖެހިފައި ވަނީ މިކަމަށް އެދި ހުށަހަޅާ ތަރުތީބުން ކަމުގައިވެސް އެވުޒާރާއިން ފާހަގަ ކުރައްވާފައި ވެއެެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން