Ads by Stelco

ޚަބަރު

ސިޔާސީގޮތުން ޕާޓީ ހިމޭން ކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބެއް ނުކުރެވޭނެ: އެމްޓީޑީ

ސިޔާސީގޮތުން ޕާޓީ ހިމޭން ކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބެއް ނުކުރެވޭނެ: އެމްޓީޑީ

އަދީބު

farudhun logo

ފަރުދުން

28 އޯގަސްޓު 2025، 12:16

28 އޯގަސްޓު 2025، 12:16

‏ސިޔާސީގޮތުން ޕާޓީ ހިމޭން ކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ނުކުރެވޭނެ ކަމަށާއި، އިންސާފާއި ޑިމޮކްރަސީގެ ހަމަތައް މިނިވަންކަމާއެކު ކުރިއެރުވެން ޖެހޭނެ ކަމަށް މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސްއިން ބުނެފިއެވެ.

އެމްޓީޑީ އުވާލަން ނިންމި ނިންމުމާ ގުޅޭގޮތުން އެޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ، އިލެކްޝަންސް ކޮމިޝަނުން ޤާނޫނާ ޚިލާފަށް، މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލުމަށް ނިންމި ނިންމުން ޕާޓީން ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ. މިއީ ކަނޑައެޅިގެން އެ ޕާޓީގެ މެންބަރުންގެ ރުހުމަކާ ނުލައި އަދި އެ ޕާޓީއަށް ޤާނޫނު އަސާސީން ލިބިދީފައިވާ ދުސްތޫރީ ޙައްޤު ގެއްލޭގޮތަށް، ޑިއު ޕްރޮސެސްގެ ފުރުޞަތުވެސް ނުދީ ނިންމާފައިވާ ނިންމުމެއް ކަމަށް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. 

މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމް ފުނޑުފުނޑުކޮށްލައި، ސިޔާސީ މަސައްކަތްތައް ހިމޭންކޮށް، މިނިވަންކަމާއެކު ސިޔާސީ ކަންކަމުގައި ޙަރަކާތްތެރިވުމާއި، ބައިވެރިވުމުގެ އަސާސީ ޙައްޤަށް ނުރައްކާވާގޮތަށް ހިންގާފައިވާ އަމަލެކެވެ. އިލެކްޝަންސް ކޮމިޝަނުން، ޤާނޫނާ ޚިލާފަށް ބޭއިންސާފުން ނިންމާފައިވާ މި ނިންމުމަށް އިންސާފު ހޯދުމަށް ކޯޓުތައް މެދުވެރިކޮށް ކުރެވެންހުރި މަސައްކަތެއް މި ޕާޓީން ކުރާނެ ވާހަކަ ދަންނަވަމެވެ. އަދި މިކަމުގައި، ޑިމޮކްރެޓިކް މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، ބައިނަލްއަގްވާމީ ބައިވެރިން މި ޕާޓީއާއި ޕާޓީގެ މެންބަރުންނާއެކު ތިބުމަށް ގޮވާލަމެވެ.  

އެމްޓީޑީ

އީސީގެ ނިންމުން ކުށްވެރިކޮށް އެމްޓީޑީ އިން ބުނެފައިވަނީ، ސިޔާސީގޮތުން ޕާޓީ ހިމޭން ކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން