Ads by Stelco

ޚަބަރު

ފުލުހުންގެ ސާޖަންޓް މުޙައްމަދު އަރުޝަދު ކުއްލިގޮތަކަށް ނިޔާވެއްޖެ!

ފުލުހުންގެ ސާޖަންޓް މުޙައްމަދު އަރުޝަދު ކުއްލިގޮތަކަށް ނިޔާވެއްޖެ!

ސާޖަންޓް މުޙައްމަދު އަރުޝަދު (37 އަހަރު) ފޮޓޯ:ފުލުހުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 އޯގަސްޓު 2025، 03:01

26 އޯގަސްޓު 2025، 03:01

ދިވެހި ފުލުހުންގެ ޚިދުމަތުގައި ހުރި ސާޖަންޓް މުޙައްމަދު އަރުޝަދު (37 އަހަރު) މިއަދު ހެނދުނު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. އޭނާ ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ފުލުހުންގެ ޚިދުމަތަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވަމުން ގެންދެވި އަރުޝަދު ނިޔާވީ، ނޭވާލާން ދަތިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ތަނާ ކުއްލިގޮތަކަށެވެ.

ސާޖަންޓް އަރުޝަދަކީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކާރު ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި ފުލުހެކެވެ. މިހާރު މިނިސްޓަރު އަލީ އިހުސާން ހުންނެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހުގައި ރަސްމީ ދަތުރުފުޅެއްގައެވެ.

އަރުޝަދުގެ ގާތް މީހުން މައުލޫމާތު ދޭ ގޮތުގައި، އޭނާގެ ސިއްހީ މައްސަލައެއް ހުންނަކަން މީގެ ކުރިން ފާހަގަވެފައިނުވެއެވެ. 

                    

Ads by MSS

މި ލިޔުން ކިޔާލުމުން