ޚަބަރު
ރާއްޖޭގައި އަލަށް ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ބޯހިމެނުން ފަށައިފި
ރާއްޖޭގައި އަލަށް ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ބޯހިމެނުން ފަށައިފި. ފޮޓޯ: ދަނޑުވެރިކަމާއި ބެހޭ ވުޒާރާ
ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި އަލަށް ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ބޯހިމެނުން ފަށައިގެން ކުރިއަށްދާކަން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ހަރަކާތް މި ވަގުތު ކުރިއަށްދަނީ، ރާއްޖޭގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަންކުރާ ރަށްރަށުން 39 ފަރާތެއްގެ ބައިވެރިވުމާއިއެކުއެވެ.
މިއީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) އަދި އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފް.އޭ.އޯ) ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
The first-ever Agricultural Census of the Maldives is currently ongoing, with 39 participants taking part from commercial agricultural islands nationwide. The initiative is being conducted through a partnership between the Ministry, the Maldives Bureau of Statistics (MBS), and the Food and Agriculture Organization of the United Nations (FAO). As a pioneering national exercise, the census will generate essential statistical data on the agricultural sector and serve as a foundational step in identifying food security-related gaps. The findings will support data-driven policies and interventions aimed at strengthening agricultural productivity, sustainability, and national food security. @FAO @statsmaldives
— Min of Fisheries, Agriculture and Ocean Resources (@MFAORmv) November 15, 2026
މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިކަމުގެ ދާއިރާއާ ގުޅޭ މުހިންމު ތަފާސްހިސާބުތައް އެއްކޮށް، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭގޮތުން ހުރި ގޮންޖެހުންތައް ދެނެގަތުމަށް ބިންގަލެއް އެޅުން ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި މަސައްކަތުން ލިބޭ މަޢުލޫމާތުތަކުގެ އަލީގައި ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމާއި ދެމެހެއްޓެނިވިކަން އިތުރުކުރުމަށާއި، ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކަށައެޅުމާއި ފިޔަވަޅުތައް އެޅުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.