Ads by Stelco

ޚަބަރު

އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަދި އެމްއޭސީއެލްގެ "ހުނަވަރު" ޕްރޮގްރާމްގެ ފުރަތަމަ ބެޗު ނިންމާލައިފި

އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަދި އެމްއޭސީއެލްގެ "ހުނަވަރު" ޕްރޮގްރާމްގެ ފުރަތަމަ ބެޗު ނިންމާލައިފި

އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަދި އެމްއޭސީއެލްގެ "ހުނަވަރު" ޕްރޮގްރާމްގެ ފުރަތަމަ ބެޗު ނިންމުން/ފޮޓޯ: އެމްއޭސީއެލް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

21 އޯގަސްޓު 2025، 01:42

21 އޯގަސްޓު 2025، 01:42

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ  "ހުނަވަރު" ޕްރޮގްރާމްގެ ފުރަތަމަ ބެޗް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ރަސްމިއްޔާތުގައި، އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަދި އެމްއޭސީއެލްގެ "ހުނަވަރު" ޕްރޮގްރާމް  ފުރިހަމަކުރި ޖުމްލަ 54 ފަރާތަކަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

މި ދެ ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދުއެވެ. މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ، އެމްއޭސީއެލް އިން މީހުން ބިނާކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި މިފަދަ ގިނަ ދާއިރާތަކަށް މީހުން ބޭނުންވާ ކުންފުންޏަކަށް މީހުން ބިނާކުރުމުގެ މިފަދަ ޕްރޮގްރާމުތަކަކީ މުހިންމު ޕްރޮގްރާމުތަކެއް ކަމަށް ވިދާޅުވެފައެވެ.

އެމްއޭސީއެލްގެ "ހުނަވަރު" ޕްރޮގްރާމަކީ، އެ ކުންފުންޏަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ހިންގަމުން އަންނަ ޕްރޮގްރާމެވެ. އެގޮތުން، މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ކުރިއަށް ގެންދާ "ދާލަން" އެކްސްޕޯގެ ތެރެއިން އެމްއޭސީއެލްގެ ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވި 25 ޒުވާނަކަށް ހިންގި 6 މަހުގެ ތަމްރީން ޕްރޮގްރާމަކަށް ފަހު، އޭގެ ތެރެއިން 17 ފަރާތަކަށް  ވަނީ އެ ކުންފުނިން ވަޒީފާ ދީފައެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވީ،  "ހުނަވަރު" ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް އަދި ވަކިން ޚާއްޞަކޮށް ގައުމު ބިނާކުރުމުގައި މީހުން ތަމްރީނުކުރުމަށް ގިނަ ދާއިރާތަކުން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން، މި ޕްރޮގްރާމްގެ އާ ބެޗެއް އަންނަ ހަފްތާގެ ތެރޭގައި އިއުލާންކޮށް މި ފަހަރަށްވުރެ ގިނަ ފުރުސަތު ހުޅުވާލާނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

މީގެ އިތުން އެމްއޭސީއެލް އިން ވިދާޅުވީ، ރޭގެ ރަސްމިއްޔާތުގައި ނިމިގެންދިޔަ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ވަޒީފާ ނުލިބި ތިބި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ މަޤުޞަދުގައި އެ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް އަދި ތައުލީމު ފޯރުކޮށްދޭ ފަރާތްތައް ގުޅުވާލުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމުގައި، އެމްއޭސީއެލްގެ ވަޒީފާގެ މާހައުލުގައި މިހާރުވެސް މަސައްކަތް ކުރަމުން އަންނަ، ނަމަވެސް ސަނަދެއް ނެތް 34 މުވައްޒަފަކު ވަނީ ގައުމީ އޮނިގަނޑު ލެވަލް 3ގެ ސަނަދެއް ހާސިލުކޮށްފައެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އެންމެ އިސްކަމެއްދޭ އެއް ކަމަކީ ޒުވާނުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުން އިތުރުކުރުމެވެ. މިކަން ހާސިލްކުރުމަށްޓަކައި އެ ވުޒާރާއިން ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ހިންގުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން