Ads by Stelco

ޚަބަރު

ހިމަންދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

ހިމަންދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

ހިމަންދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުން.

farudhun logo

ފަރުދުން

19 އޯގަސްޓު 2025، 12:39

19 އޯގަސްޓު 2025، 12:39

އ.އ. ހިމަންދޫގައި ބިނާކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. އެޢިމާރާތުގެ ބިންގާ އަޅުއްވައި، މަސައްކަތް ފަށްޓަވައިދެއްވީ، ދާޚިލީ ސަލަމާތާއި ފަންނީއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާނެވެ. އެމަނިކުފާނުގެ އަރިހުގައި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ.) ގެ މެނޭޖިންގ ޑިރެކްޓަރ، އަދި ހިމަންދޫ ކައުންސިލުގެ ރައީސް ބައިވެރިވެވަޑައިގެންފައިވެއެވެ. މިކަމުގެ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެއީ، އެމަނިކުފާނު އަރިއަތޮޅު އުތުރުބުރީގެ އާބާދުވެފައިވާ ރަށްރަށަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ ރާއްޖޭގެ އާބަދުވެފައިވާ އެންމެހައި ރަށްތަކުގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެގެންދިޔުމެވެ. މިތަޞައްވުރުގެ ދަށުން، ހިމަންދޫގައި ބިނާކުުމަށް ހަމަޖެހިގައިވާ ފުލުހުންގެ މަރުކަޒަކީ އެރަށަށް އެކަށޭނަ މަރުކަޒަކަށް ވެގެން ދާނޭ ކަމަށް ރައީސްގެ ވާހަކަފުޅުގައި މިއަދު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، އެމަރުކަޒަކީ ސިޓީ ތަކުގައި ހުންނަ ބޮޑެތި މަރުކަޒުތަކުގެ ފެންވަރު ނެތަސް، އެންމެ ކުދި މަރުކަޒުތަކަށް ވުރެ ބޮޑު ކޮށް ބިނާކުރުމަށް ކަނޑައެޅިފައިވާ ޢިމާރާތެއް ކަމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ މުޖުތަމަޢުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް މުހިންމު ފިޔަވަޅެކެވެ. ވީމާ، ސަރުކާރުން މިކަމަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން