ކުޅިވަރު
ބައިނަލްއަޤުވާމީ އިތުރު މުބާރާތަކަށް ރާއްޖޭގެ ފެތުންތެރިން ރުމޭނިއާއަށް ފުރައިފި

ވޯލްޑް އެކުއެޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕް 2025ގައި ވާދަކުރުމަށް ފުރި ރާއްޖޭގެ ޓީމު، ފޮޓޯ: ޕީއެސްއެމް
ބައިނަލްއަޤުވާމީ އިތުރު މުބާރާތަކަށް ރާއްޖޭގެ ފެތުންތެރިން ރުމޭނިއާގެ އޮޓޮޕެނީއަށް ހިނގައްޖެއެވެ.
ޖޫނިއަރ ފެތުންތެރިންނަށް ބާއްވާ ވޯލްޑް އެކުއެޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕް 2025ގައި ވާދަކުރުމަށް ރާއްޖޭގެ 16 ފެތުންތެރިން ވަނީ ރުމޭނިއާއަށް ދަތުރުކޮށްފައެވެ.
މި މުބާރާތް ކުރިޔަށް ދާނީ އޮގަސްޓް 19-24 އަށް އޮޓޮޕެނީގެ އެކުއެޓިކްސް ކޮމްޕްލެކްސްގައި ބާއްވާ ވޯލްޑް އެކުއެޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 16 ފެތުންތެރިން ވާދަކުރާނެއެވެ.
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ޓީމުގައި ހިމެނޭ ކުޅުންތެރިން:
- 14 އަހަރާއި 18 އަހަރާއި ދެމެދުގެ އުމުރުފުރައިން 50 މީޓަރު ފްރީސްޓައިލް އިވެންޓު - ނާޒިމް އިޒްޔާން
- 100 މީޓަރު ފްރީސްޓައިލް އިވެންޓު - ދާނިޔާލް އަމީން ފައިޞަލް
- 200 މީޓަރު ފްރީސްޓައިލް އިވެންޓު - އިބްރާހިމް މަޢާޛު ސާޖިދު އަދި ޝައިމް ޙުސައިން އިބްރާހިމް
- 400 މީޓަރު ފްރީސްޓައިލް އިވެންޓު - ޔާސީން މުޙައްމަދު ޔޫސުފް އަދި އައިމަން މޫސާ ރަޝީދު
- ބެކްސްޓްރޯކް އިވެންޓު - އިބްރާހިމް މަޢާޛު ސާޖިދު އަދި ޒުކައިން އަބުދުﷲ ޙަނީފް
- ބްރެސްޓްސްޓްރޯކް އިވެންޓު - އިޒްޔާން ނާޒިމް، ލޫޠު މުޙައްމަދު ޙުސައިން އަދި އިފްޒާލް އިބްރާހިމް މަޙްފޫޒް
- ބަޓަފްލައި އިވެންޓު - ދާނިޔަލް އަމީން ފައިޞަލް އަދި އިފްޒާލް އިބްރާހިމް މަޙްފޫޒް
- މެޑްލޭ އިވެންޓް - އައިމަން މޫސާ ރަޝީދު، ޝައިމް ޙުސައިން އިބްރާޙިމް އަދި މަކީން އަޙްމަދު ޝަކީބް
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިން:
- ފްރީސްޓައިލް އިވެންޓު - ދާލިޔާ ޢާއިދާ ލަޠީފް، އާމިނަތު ތަޒްކިޔާ މިރުޝާދު، އައިޝަތު ޢަލީނާ ޝާހިދު، އަޔާނާ ޢަރީފް އަދި ލައިބާ ޙަސަން މަނިކު
- ބެކްސްޓްރޯކް އިވެންޓު - އަޔާނާ ޢަރީފް، އާމިނަތު ތަޒްކިޔާ މިރުޝާދު، މަލާއިކާ ލިންޑާ ޢިމްރާން އަދި ސާރާ މުޙައްމަދު
- ބްރެސްސްޓްރޯކް އިވެންޓު - ސާރާ މުޙައްމަދު އަދި ދާލިޔާ ޢާއިދާ ލަޠީފް
- ބަޓަފްލައި އިވެންޓު - މިރާލް ޢައިން ލަޠީފް އަދި އައިޝަތު ޢަލީނާ ޝާހިދު
- މެޑްލޭ އިވެންޓު - މިރާލް ޢައިލް ލަޠީފު، ޢާއިޝަތު ޢަލީނާ ޝާހިދު އަދި ލައިބާ ޙަސަން
ފެތުމުގެ މުބާރާތްތަކުގައި ވާދަކުރާ އެތުލީޓުން އަންނަނީ ކޮންމެ އަހަރަކު ބޮޑެތި ކުރިއެރުންތައް ހޯދަމުންނެވެ. އެކަމުގެ އެއް ހެއްކަކީ ކޮންމެ އަހަރަކު ވެސް ރާއްޖޭގެ ރެކޯޑުތައް އައުކުރާ މިންވަރު އިތުރުވުމެވެ.
އެންމެ ފަހުން ރާއްޖޭގ ފެތުންތެރިއަކު ވާދަކޮށްފައި ވަނީ އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ ހެންކޮކް ޕްރޮސްޕެކްޓިންގ ވެސްޓަރން އޮސްޓްރޭލިއާ ޝޯރޓްކޯސް ޗެމްޕިއަންޝިޕްސް 2025ގައެވެ. މި މުބާރާތުގައި އަންހެނުންގެ ޝޯރޓް ކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑު އާކޮށްފައިވެއެވެ.
އޭގެކުރިން ސިންގަޕޫރުގައި ކުރިއަށްދިޔަ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖޭގެ ގިނަ ރެކޯޑުތަކެއް އާކޮށްފައިވެއެވެ.