Ads by Stelco

ޚަބަރު

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.4 މިލިއަނަށް

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.4 މިލިއަނަށް

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް|ފޮޓޯ: މޯލްޑިވްސް އައިލެންޑަރ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

17 އޯގަސްޓު 2025، 05:37

17 އޯގަސްޓު 2025، 05:37

މި އަހަރުގެ މިހާތަަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.4 މިލިއަނަށް އަރާފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ވުޒާރާއިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު ވަނީ 1،402،715 އަށް އަރައިފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ  ނިޔަލަށް ރާއްޖެއަށް ވަނީ 107،847 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ، އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.4 އިންސައްތައިގެ ކުރިއެރުމެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 103،320 ފަތުރުވެރިންނެވެ.

އަހަރުގެ މިހާތަަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމުތައް:

  • ޗައިނާ - 215،388 ފަތުރުވެރިން
  • ރަޝިއާ - 166،496 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 128،786 ފަތުރުވެރިން
  • އިޓަލީ - 100،557 ފަތުރުވެރިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުންކަމަށް ވީއިރު، މި އަމާޒަށް ވާސިލުވުމަށް ސަރުކާރުން އަންނަނީ ކަމާ ގުޅުންހުރި އިދާރާތަކާއެކު ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން