ކުޅިވަރު

ރާއްޖޭގައި ބާއްވާ ޓެނިހުގެ އެންމެ ބޮޑު މުބާރާތް ފަށައިފި

ރާއްޖޭގައި ބާއްވާ ޓެނިހުގެ އެންމެ ބޮޑު މުބާރާތް ފަށައިފި

އައިޓީއެފް ޖޭ30 ޓެނިސް މުބާރާތް، ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

16 އޯގަސްޓު 2025، 03:39

16 އޯގަސްޓު 2025، 03:39

ރާއްޖޭގައި މިހާތަނަށް ބާއްވާ ޓެނިހުގެ އެންމެ ބޮޑު މުބާރާތް ކަމުގައިވާ، އައިޓީއެފް ޖޭ30 ޓެނިސް މުބާރާތް މިއަދު ފަށައިފިއެވެ. 

އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް)އިން ބާއްވާ މި މުބާރާތަކީ ޖޫނިއަރ ޓެނިސް ކުޅުންތެރިންގެ ބައިނަލްއަޤުވާމީ މުބާރާތެކެވެ.  

18 އަހަރުން ދަށުގެ އުމުރުފުރާއަށް ޙާއްސަކޮށް ބާއްވާ މި މުބާރާތުގައި ރާއްޖެ ހިމެނޭހެން ޖުމްލަ 24 ޤައުމެއްގެ 32 ކުޅުންތެރިން ވާދަކުރެއެވެ. އެގޮތުން އޭޝިއާގެ އިތުރުން ޔޫރަޕްގެ ކުޅުންތެރިން ވެސް މި މުބާރާތުގައި ވާދަކުރާނެއެވެ.

މި މަހުގެ 18އިން 28އަށް މާލޭގައި ހުންނަ ޤައުމީ ޓެނިސް ސެންޓަރުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ފިރިހެން ކެޓަގަރީ އާއި އަންހެން ކެޓަގަރީއިން ވެސް ރާއްޖޭގެ ކުޅުންތެރިން ވާދަކުރާނެއެވެ.

ޖޫނިއަރ ފިރިހެން ކެޓަގަރީގައި ދިވެހިރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ޖަޕާން، ޗައިނާ، ދެކުނު ކޮރެއާ ، ސްވިޒަލޭންޑް، މިސްރު، އިންޑިއާ، ސްޕެއިން، ޗައިނީސް ޓައިޕޭ އަދި ފިލިޕީންސްއެވެ. 

އަންހެން ކެޓަގަރީއިން ވާދަކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ހިމެނެނީ ކަޒަކިސްތާން، ތައިލެންޑް، ގްރޭޓް ބްރިޓަން، ޗައިނާ ، ދެކުނު ކޮރެއާ، އިންޑިއާ، ޕޮލަންޑް، ޔުކްރެއިން، ރަޝިއާ އަދި ފްރާންސްއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން