ކުޅިވަރު
ދިވެހިރާއްޖޭގެ ޤައުމީ ބެޑްމިންޓަން ޓީމު އެކުލަވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ބެޑްމިންޓަން ޓީމު އެކުލަވާލުން. ފޮޓޯ: ރިވައިވަލް ސްޕޯރޓްސް ކްލަބް

ފަރުދުން
16 އޯގަސްޓު 2025، 02:58
16 އޯގަސްޓު 2025، 02:58
ޤައުމީ ބެޑްމިންޓަން އެސޯސިއޭޝަން ވަޤުތީ ގޮތުން ހިންގަމުން އަންނަ އެޑްހޮކް ކޮމިޓީގެ ބެލުމުގެ ދަށުން، މިއޮގަސްޓު މަހުގެ 11 ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ސިލެކްޝަން މެޗުތަކަކަށް ފަހު، ދިވެހިރާއްޖޭގެ ޤައުމީ ބެޑްމިންޓަން ޓީމު އެކުލަވާލައިފިއެވެ.
މުޅިން އަލަށް، މުޅި ރާއްޖެ ޝާމިލްވާގޮތަށް ހުޅުވާލައިގެން ބޭއްވި ސިލެކްޝަން މެޗުތަކުގައި 32 ފިރިހެން ކުޅުންތެރިންނާއި 22 އަންހެން ކުޅުންތެރިން ބައިވެރިވެފައިވެއެވެ. މިސެލެކްޝަނުގެ ތެރެއިން، ޤައުމީ ޓީމަށް ހޮވުނު 12 ކުޅުންތެރިންގެ ތެރެއިން 8 ކުޅުންތެރިންނަކީ ރިވައިވަލް ސްޕޯރޓްސް ކޮލްބް ގެ ކުޅުންތެރިންނެވެ. ބާކީ ތިބި 4 ކުޅުންތެރިންގެ ތެރެއިން 3 ކުޅުންތެރިންނަކީ ޤައުމީ ޕޫލުގެ ކުޅުންތެރިންނެވެ. އަދި 1 ކުޅުންތެރިއަކީ ނައިފަރު ބެޑްމިންޓަން އެކެޑަމީގެ ކުޅުންތެރިއެކެވެ.
ޤައުމީ ފިރިހެން ޓީމަށް ހޮވުނު ކުޅުންތެރިން:
- ނިބާލް އަޙްމަދު- ރިވައިވަލް ސްޕޯރޓްސް
- ޙަސަން ޒަޔާން މުޙައްމަދު- ރިވައިވަލް ސްޕޯރޓްސް
- ހައިޝަމް އިބްރާހީމް ޢަލީ- ރިވައިވަލް ސްޕޯރޓްސް
- އާދަމް މަހީން މުޙައްމަދު- ރިވައިވަލް ސްޕޯރޓްސް
- އިބްރާހީމް ނާޝިތު ޙަމްދީ- ނައިފަރު ބެޑްމިންޓަން އެކެޑަމީ
- ޒަޔާން ޒަކީ- ރިވައިވަލް ސްޕޯރޓްސް
ނާޝިތަކީ ބަޙުރައިނުގައި އޮކްޓޫބަރު މަހު އޮންނަ އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރާ ސްކޮޑަށްވެސް ހޮވިފައިވާ ކުޅުންތެރިއެއް ކަން ފާހަގަކުރަމެވެ.
ޤައުމީ އަންހެން ޓީމަށް ހޮވުނު ކުޅުންތެރިން
- ފާޠިމަތު ނަބާހާ ޢަބްދުއްރައްޒާޤު- ރިވައިވަލް ސްޕޯރޓްސް
- ފާޠިމަތު ނަބީހާ ޢަބްދުއްރައްޒާޤު- ރިވައިވަލް ސްޕޯރޓްސް
- ޢާއިޝަތު އަލީޝާ މޫސާ- ރިވައިވަލް ސްޕޯރޓްސް
- ލައިބާ އަޙްމަދް މަޙްލޫފް- ނެޝަނަލް ޕޫލް
- ޝުބާ މުޙައްމަދު ޝަރީފް- ނެޝަނަލް ޕޫލް
- ޔަލްވީ ޙުސައިން ޒުހުރީ- ނެޝަނަލް ޕޫލް
ވޯލްޑް ބެޑްމިންޓަން ފެޑެރޭޝަނުގެ ސަސްޕެންޝަނުގައި ރާއްޖެ ހިމެނިފައިވީ ނަމަވެސް، ރާއްޖެއިން މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް އަވަހަށް ސަސްޕެންޝަނުން ސަލާމަތްވެ، ބައިނަލްއަޤްވާމީ މުބާރާތްތަކުގަިއ ރާއްޖެ ތަމްޘީލުކުރުމުގެ ފުރުޞަތު އަލުން ހޯދުމަށެވެ. އެގޮތުން، އަންނަ އޮކްޓޫބަރު މަހު ބާއްވާ އޭޝިއަން ޔޫތް ގޭމްސްގެ ކުރިން ސަސްޕެންޝަން އުވާލާނެކަމަށް ރާއްޖެއިން އުންމީދުކުރެއެވެ.