ދުނިޔެ
"ދަ ވިޝަން އޮފް ގްރޭޓަރ އިސްރާއިލް" އަކީ ބައިނަލްއަޤްވާމީ އަމަން އަމާންކަމަށް އޮތް ސީދާ ނުރައްކަލެއް: އޯއައިސީ

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން
ހުލާސާ
ފަލަސްޠީނުގެ ބިން ގަދަކަމުން ފޭރިގަތުމަށް އިސްރާއިލްއިން ކުރިއަށްގެންދަން ނިންމާފައިވާ "ދަ ވިޝަން އޮފް ގްރޭޓާރ އިސްރާއިލް" އަކީ އަމަން އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ޢަރަބި ލީގު، އިސްލާމިކް ކޯޕަރޭޝަން އޯގަނައިޒޭޝަން އަދި ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލުން ނެރުއްވި ބަޔާނެއްގައި ބުނފިއެވެ.
އޯއައިސީއީގެ ބަޔާނުގައި ބުނެފައިވަނީ އިސްރާއީލުގެ ބާރު ފަލަަސްޠީނުގެ ބިމުގައި ބޮޑުކުރުމާ ގުޅޭ އިސްރާއީލްގެ ބެންޖަމިން ނަތަންޔާހޫ ދެއްކި ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ ގުޅުންތަކުގެ އަސާސްތަކަށް ކުރެވޭ ނުރައްކާތެރި ފުރައްސާރައެއް ކަމަށާއި އަދި މިއީ ޢަރަބި ޤައުމުތަކުގެ ޤައުމީ ސަލާމަތަށާއި، ޤައުމުތަކުގެ މިނިވަންކަމަށާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އަމަން އަމާންކަމަށް ސީދާ ނުރައްކަލެއްކަމަށްވެސް ބުނެފައިވެއެވެ.
ޢަރަބި އަދި އިސްލާމީ ޤައުމުތަކުން އދ. ގެ ޗާޓަރަށް، ޚާއްޞަކޮށް ބާރުގެ ބޭނުންކުރުމާއި ބާރުގެ ބޭނުންކޮށްގެން ބިރުދެއްކުން މަނާކުރާ މާއްދާ 2 ގެ ޕެރެގްރާފް 4 އަށް އިޙްތިރާމްކުރާ ހިނދު، ހުރިހާ ޤައުމުތަކާއި ރައްޔިތުންގެ ސަލާމަތާއި، ހަމަޖެހުމާއި، ތަރައްޤީއަށް މަގުފަހިވާ ގޮތަށް، ބާރުގެ ބޭނުންކޮށްގެން ބިރުދެއްކުމުން އެއްކިބާވެ، ސުލްޙަވެރިކަން ޤާއިމްކުރުމަށް އެންމެހައި ސިޔާސަތުތަކާއި ފިޔަވަޅުތައް އަޅާނެކަން އެ ޤައުމުތަކުން ބުނެފައިވެއެވެ.
އަދި އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ މިނިސްޓަރު ބެޓްސަލްއެލް ސްމޮޓްރިޗް "އީ1" ސަރަޙައްދުގައި ޔަހޫދީ އާބާދީ އިތުރުކުރުމުގެ ޕްލޭނަށް ތާއީދުކުރުމާއި، ފަލަސްޠީން ދައުލަތެއް ޤާއިމްކުރުމާ ދެކޮޅަށް ދެއްކި ނަސްލުވެރި ވާހަކަތައް ހަރުކަށި އިބާރާތުން އޯއައިސީއިން ވަނީ ކުށްވެރިކޮށްފައެވެ.
އަދި އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ މިނިސްޓަރު ބެޓްސަލްއެލް ސްމޮޓްރިޗް "އީ1" ސަރަޙައްދުގައި ޔަހޫދީ އާބާދީ އިތުރުކުރުމުގެ ޕްލޭނަށް ތާއީދުކުރުމާއި، ފަލަސްޠީން ދައުލަތެއް ޤާއިމްކުރުމާ ދެކޮޅަށް ދެއްކި ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށް އޯއައިސީއިން ބުނެފައިވައިވެއެވެ.
މިއީ ބައިނަލްއަޤްވާމީ ޤާނޫނުގެ ސަރީޙަ ޚިލާފުވުމެއް ކަމަށާއި އަދި އިސްރާއިލުން ފޭރިގަނެފައިވާ ފަލަސްޠީން ބިމުގައި އިސްރާއީލަށް އެއްވެސް ސިޔާދަތީ ބާރެއް ނުހިނގާނެކަމަށް ބުނެފައިވެއެވެ.
އައިއޯސއިން މި އާބާދުކުރުމުގެ ޕްލޭނާއި އިސްރާއީލްގެ އެންމެހައި ޣައިރު ޤާނޫނީ ފިޔަވަޅުތަކަށް މުޅިން އިންކާރުކޮށް އެކަންކަން ކުށްވެރިކުރައްވާކަމަށާއި، މިއީ ބައިނަލްއަޤްވާމީ ޤާނޫނާއި ސެކިއުރިޓީ ކައުންސިލްގެ ޤަރާރުތަކުގެ ސަރީޙަ ޚިލާފުވުމެއް ކަމަށްވެސް ބުނެފައިވެއެވެ.
ޚާއްޞަކޮށް، 1967 އިން ފެށިގެން އޮކިއުޕައިޑް ފަލަސްޠީން ބިމުގެ، އޭގެ ތެރޭގައި ފަލަސްޠީން ދައުލަތުގެ ވެރިކަންކުރާ ރަށް އީސްޓް ޖެރޫސަލަމް ހިމެނޭގޮތަށް، އާބާދީގެ އޮއްޓަރާއި، ސިފައާއި، ޤާނޫނީ ޙާލަތު ބަދަލުކުރުމަށް އިސްރާއީލުން ހިންގާ އެންމެހައި އާބާދުކުރުމުގެ ޙަރަކާތްތައް ކުށްވެރިކުރާ ޤަރާރު 2334 އާ ޚިލާފުވުމެއް، އަދި އިސްރާއީލްގެ އޮކިއުޕޭޝަން ޣައިރު ޤާނޫނީކަމާއި، އެކަން ވަގުތުން ނިންމައި، އޭގެ އަސަރުތައް ފިލުވައި، ގެއްލުމުގެ ބަދަލު ދޭންޖެހޭނެކަން ބަޔާންކުރާ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ ޚޔާލަށް އަލުން ތާއީދުކުރައްވާ
އޯއައިސީ
ފަލަސްޠީން ބިންތައް އަތުލުމަށް އިސްރާއީލުން ގެންގުޅޭ ނުބައި ނިޔަތާއި ސިޔާސަތުތަކުގެ ނުރައްކާތެރިކަމާއި، އޮކިއުޕައިޑް ވެސްޓް ބޭންކުގައި އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސަރުކާރުން ގެންގުޅޭ އާބާދީ އުފެއްދުމުގެ ސިޔާސަތު ދެމެހެއްޓުމާއި، އޭގެ ތެރޭގައި އަލް-އަޤްޞާ މިސްކިތް އަލް-ޙަރަމް އައް-ޝަރީފް ހިމެނޭގޮތަށް އިސްލާމީ އަދި ކްރިސްޓިއަން މުޤައްދަސް ތަންތަނަށް ގެއްލުން ދިނުމުގެ މަސައްކަތާއި، ފަލަސްޠީނު ސިޓީތަކާއި ރަށްތަކާއި ކޭމްޕްތަކަށް ކޮންމެ ދުވަހަކު ވަދެ، ފަލަސްޠީނު ރެފިއުޖީ ކޭމްޕްތައް ނައްތާލައި، ފަލަސްޠީނުން އެމީހުންގެ ގެތަކުން ނެރުމުގެ ސަބަބުން ސީދާ ގޮތެއްގައި އަނިޔާވެރިކަމާއި ހަނގުރާމައިގެ ވައްޓަފާޅި އިތުރުވެ، ސަރަޙައްދުގައި ޢަދުލުވެރި އަދި ޝާމިލު ސުލްޙައެއް ޤާއިމްކުރުމުގެ ފުރުޞަތު ނެތިދާނެކަމުގެ އިންޒާރު އައިއޯސީއިން ދީފައިވެއެވެ.