Ads by Stelco

ޚަބަރު

މިދިޔަ މަހު އެންސްޕާއިން ބޭސްފަރުވާގެ އެހީގެ ގޮތުގައި 32 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވޭ

މިދިޔަ މަހު އެންސްޕާއިން ބޭސްފަރުވާގެ އެހީގެ ގޮތުގައި 32 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވޭ

އައިޖީއެމްއެޗްގައި ބަލި މީހަކަށް ފަރުވާދެނީ/ފޮޓޯ: އައިޖީއެމްއެޗް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

15 އޯގަސްޓު 2025، 07:58

15 އޯގަސްޓު 2025، 07:58

މިދިޔަ މަހު އެންސްޕާއިން ބޭސްފަރުވާގެ އެހީގެ ގޮތުގައި 32 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު ބޭސްފަރުވާގެ އެހީތެރިކަން އެންމެ ގިނައިން ފޯރުކޮށްދީފައިވަނީ ރާއްޖޭގައި ތިބެގެން ބޭސްފަރުވާ ކުރުމަށެވެ.

އެންސްޕާއިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނިމިދިޔަ ޖުލައި މަހު 22 ބާވަތެއްގެ ބައްޔަކާއި ގުޅިގެން ހުށަހެޅި ޖުމްލަ 1521 ކޭސްއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެގޮތުން، ބޭސްފަރުވާގެ ޚަރަދުތަކަށް އެހީގެގޮތުގައި 32.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ މިިދިޔަ މަހު ޚަރަދުކޮށްފައިވާއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރުން ފަރުވާކުރުމަށް 11.7 މިލިޔަން ރުފިޔާ އަދި ރާއްޖޭގައި ފަރުވާކުރުމަށް 21.1 މިލިޔަން ރުފިޔާ އެހީގެ ގޮތުގައި ވަނީ ޚަރަދުކޮށްފައެވެ.

މިދިޔަ މަހު އެންސްޕާއިން ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް 146 ކޭސްއަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ކަށީގެ ބަލިތަކަށް ފަރުވާ ހޯދުމަށް 132 ކޭސްއަށް އެހީތެރިކަން ފޮރުކޮށްދީފައިވެއެވެ. ހަމަ އެހެންމެ، ނާރުގެ ބަލިތަކުގެ 124 ކޭސްއަށް އެހީ ފޯރުކޮށްދީފައިވާއިރު، ކަރުންމަތީގެ ބަލިިތަކުގެ 121 ކޭސް، ވިހެއުމާގުޅޭ ބަލިތަކުގެ 119 ކޭސް، ނޭވާލާ ނިޒާމުގެ ބަލިތަކުގެ 113 ކޭސް ހިމެނެއެވެ. މީގެ އިތުރުން، ގޭސްޓްރޯއިންޓެސްޓިނަލް ބަލިތަކުގެ 106 ކޭސްއާއި، ލޮލުގެ ބަލިތަކުގެ 98 ކޭސް، ކިޑްނީއާ ގުޅޭ ބަލިތަކުގެ 91 ކޭސް، ކުޑަކުދިންގެ ބަލިތަކުގެ 68 ކޭސް ހިމެނެއެވެ.

އެންސްޕާއިން މިދިޔަ ޖުލައި މަހި އެހީ ފޯރުކޮށްދީފައިވާ އެހެނިހެން ކޭސްތައް:

  • ކަރުންމަތީގެ ބަލިތައް: 72 ކޭސް
  • އަންހެނުންގެ ބަލިތައް: 60 ކޭސް
  • ނަފްސާނީ ބަލިތައް: 59 ކޭސް
  • އެހެނިހެން: 53 ކޭސް
  • ކާޑިއޯވެސްކިއުލާ ބަލިތައް: 51 ކޭސް
  • ހަމުގެ ބަލިތައް: 47 ކޭސް
  • ހެމަޓޮލޮޖިކަލް ބަލިތައް: 40 ކޭސް
  • އެންޑޯކްރައިން: 24 ކޭސް
  • ކޮންޖެނިޓަލް ޑިސްއޯޑަރސް: 21 ކޭސް
  • އޮޓޯއިމިއުން ބަލިތައް: 14 ކޭސް
  • ދަތުގެ ފަރުވާ: 14 ކޭސް
  • ހެޕަޓިކް: 13 ކޭސް
  • ތެލަސީމިއާ ބަލި: 7 ކޭސް

މީގެ އިތުރުން، ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދާފައިވާ ފަރުވާތަކަށް އެހީ ހަމަޖައްސައިދީފައިވެއެވެ. އެގޮތުން، އޭޑީކޭ ހޮސްޕިޓަލުގެ 216 ކޭސް އަށް 3.7 މިލިޔަން ރުފިޔާ އަދި ޓްރީޓޮޕް ހޮސްޕިޓަލުން 359 ކޭސްއަށް 4.5 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން