Ads by Stelco

ޚަބަރު

އަވަށްޓެރި އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

އަވަށްޓެރި އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އިންޑިއާގެ ބޮޑު ވަޒީރު |ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

15 އޯގަސްޓު 2025، 03:33

15 އޯގަސްޓު 2025، 03:33

އަވަށްޓެރި އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފި އެވެ.

މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބާގައި އެޤައުމުގެ ރައީސް ދްރޫޕަދީ މުރުމޫއަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، އިންޑިޔާގެ އެކުވެރި ރައްޔިތުންނަށް ތަހުނިޔާ ދަންނަވާފައެވެ. އަދި ދުވަހުގެ ޙަރަކާތްތަކާއެކު މިނިވަންކަމުގެ ޖޯޝާއި ރޫހު އާލާވެގެންދިއުމަށް އުންމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގައި އިތުބާރުހުރި ބައިވެރިއެއް ކަމަށެވެ. ހަމަ އެހެންމެ، ދެޤައުމުގެ ރައްޔިތުންނާއި ސަރުކާރާ ދެމެދު އޮތް ވަރުގަދަ ގުޅުން ފާހަގަކުރެއްވާ، މި ބަދަހި ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް އުންމީދުކުރައްވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖެއާއި އިންޑިއާއަކީ ޒަމާންވީ ވަރުގަދަ ގުޅުމެއް އޮތް ދެ ޤައުމެވެ. އެގޮތުން، ރާއްޖެއާއި އިންޑިއާ އާއި ދެމެދު ރަސްމީ ގޮތުން ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން