ދުނިޔެ

އިންސާފުގެ މައްޗަށް ބިނާވެފައިވާކަމަށް ބުނާ ބައިނަލްއަޤްވާމީ ނިޒާމުގެ އިތުބާރު ދަނީ ގެއްލެމުން: އުރްދުޣާން

އިންސާފުގެ މައްޗަށް ބިނާވެފައިވާކަމަށް ބުނާ ބައިނަލްއަޤްވާމީ ނިޒާމުގެ އިތުބާރު ދަނީ ގެއްލެމުން: އުރްދުޣާން

ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޯގަސްޓު 2025، 12:21

15 އޯގަސްޓު 2025، 12:21

ޣައްޒާއާ މެދު ދުނިޔެ އިހުމާލުވަމުންދާ ގޮތުން އިންސާފުގެ މައްޗަށް ބިނާވެފައިވާކަމަށް ބުނާ ބައިނަލްއަޤްވާމީ ނިޒާމުގެ އިތުބާރުދަނީ ގެއްލެމުން ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވިދާޅުވެއްޖެއެވެ.

ރައީސް އުރްދުޣާން މިހެން ވިދާޅުވީ މިއަދު އަލްޖަޒީރާ ވެބްސައިޓްގައި ޝާއިޢުކުރުމަށް ޚާއްޞަކޮށް ލިޔުއްވި އާޓިކަލްއެއްގައެވެ.

ޔުކްރެއިންގެ ހަނގުރާމައަށް ދެވުނު އަވަސް އަދި ފުޅާ ސަމާލުކަން ޣައްޒާއަށްވެސް ދެވުނުނަމަ، މިއަދު ފެންނަމުން މިދާ މަންޒަރު މުޅިން ތަފާތުވީސް.

އުރްދުޣާން ވިދާޅުވެފައިވެއެވެ.

 އުރްދުޣާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި އިސްރާއީލަށް އެއްވެސް ފިޔަވަޅެއް ނޭޅި، އެ ފަރާތުން ކުރަމުންދާ ޢަމަލުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކުގެ މިންގަނޑުތައް ފުނޑުފުނޑުވެގެންދާކަމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކުގެ ނުރައްކާތެރިކަމާއި، ނޫސްވެރިން ޝަހީދުކުރުމުގެ އިތުރުން، އަލުން އާރާސްތުކުރުމުގެ ގޮންޖެހުންތަކާއި އިސްކަންދޭންޖެހޭ ކަންކަމާއެކު އެހެނިހެން ގިނަ މައްސަލަތަކަށް އަލިއަޅުވާލައްވާފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން