Ads by Stelco

ޚަބަރު

ކުރިއަށްއޮތް ދެތިންމަސްތެރޭ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓިއެމްގެ ޚިދުމަތް ލިބޭނެ: ބީއެމްއެލްގެ ސީއީއޯ

ކުރިއަށްއޮތް ދެތިންމަސްތެރޭ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓިއެމްގެ ޚިދުމަތް ލިބޭނެ: ބީއެމްއެލްގެ ސީއީއޯ

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް: ފޮޓޯ- ފަރުދުން

farudhun logo

ފަރުދުން

14 އޯގަސްޓު 2025، 03:03

14 އޯގަސްޓު 2025، 03:03

ކުރިއަށްއޮތް ދެތިންމަސްތެރޭ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓިއެމް ބަހައްޓާ ނިންމާ، ޚިދުމަތްދޭން ފެށޭނެކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މާޅޮހު އެޓީއެމް ހުޅުވުމުގެ ރަސްމީއްޔާތައްފަހު "ފަރުދުން" އަށް ދެއްވި ބަސްދީގަތުމެއްގައި އެމަނިކުފާނު ވިދާޅުވީ، މިހާތަނަށް ބ އަތޮޅު ހިމެނޭހެން 7 އަތޮޅެއްގައި މި ޚިދުމަތް ފެށިފައިވާކަމަށެވެ. އެގޮތުން މި އަހަރުތެރޭ 47 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށިފައިވާކަން ފާހަގަ ކުރެއްވިއެވެ. ޝަރީފް ވިދާޅުވީ މިހާރު އޭޓިއެމްގެ ޚިދުމަތް ލިބެން ނުހުންނާނީ ވަރަށް މަދު ރަށެއްގައި ކަމަށާއި އެރަށްތަކުގައިވެސް ކުރިއަށް އޮޔް 3-2 މަސްތެރޭ އޭޓިއެމް ޤާއިމް ކުރެވިގެންދާނެ ކަމަށެވެ. 

ޝަރީފް ވިދާޅުވީ، ފަހަކާ ޖެހެންދެން ރާއްޖޭގެ ދެބައިކުޅަ އެއްބައި ރަށްތަކުގައިވެސް އޭޓިއެމްގެ ޚިދުމަތް ލިބެން ނެތްކަމުގައެވެ. އެރަށްރަށުން ރުފިޔާ ނެގުމާއި ޖަމާކުރުމަށް ބޮޑު ޚަރަދުކޮށްގެން އެހެން ރަށްރަށަށް ދާންޖެހޭ ޖެހުމަށް ހައްލެއް ހޯއްދަވައިދެއްވުމަކީ އަމާޒެއްކަމުގައެވެ. 

ބޭންކް އޮފް މޯލްޑިވްސް އެންމެ ފުރަތަމަ އޭޓީއެމް ޚިދުމަތް ދޭން ފެށީ މާލޭގައި 2000ވަނަ އަހަރު. އޭރު މާލޭގައި 5 އޭޓީއެމް ބެހެއްޓުމަށް ފަހު އޮތޮޅުތަކަށް މި ޚިދުމަތް ފުޅާވީ 2007 ވަނަ އަހަރު. ދެން 2008ން 2023 އާއި ހަމައަށް އޭޓީއެމް ބެހެއްޓިފައި ހުރީ 67 ރަށުގަ. ރާއްޖޭގެ ރަށްތަކުގެ ދެބައިކުޅަ އެއްބައިގަވެސް މިޚިދުމަތް ދެވިފައެއް ނެތް 

"މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް" މަޝްރޫޢު އަކީ މިދިޔަ އަހަރު ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބޭންކް އޮފް މޯލްޑިވްސްއިން ފަށާފައިވާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ދަށުން މިއަހަރު މިހާތަނަށް 47 ރަށުގައި އޭޓީއެމް ބަހައްޓައި ޚިދުމަތް ދޭން ފަށާފައިވާއިރު، މިއަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން