ކުޅިވަރު

އޭޝިއަން ސާރފިން ޗެމްޕިއަންޝިޕްގައި ލޯ މެޑަލް ހޯދި ޓީމަށް މަރުޙަބާ ކިޔައިފި

އޭޝިއަން ސާރފިން ޗެމްޕިއަންޝިޕްގައި ލޯ މެޑަލް ހޯދި ޓީމަށް މަރުޙަބާ ކިޔައިފި

އޭޝިއަން ސާރފިން ޗެމްޕިއަންޝިޕްގައި ލޯ މެޑަލް ހޯދި އެތުލީޓުން، ފޮޓޯ: ސިޑިބަރި

farudhun logo

ފަރުދުން

14 އޯގަސްޓު 2025، 09:19

14 އޯގަސްޓު 2025، 09:19

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލީޓުން ހޯދި ކާމިޔާބަށް ކުޅިވަރު ވުޒާރާއިން މަރުޙަބާ ކިޔައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުޚަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮ ކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުއްރައްޒާޤް އިބްރާޙިމް އާއި ސްޓޭޓް މިނިސްޓަރ އިބްރާޙިމް އާމިރެވެ. މީގެއިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫޙް އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



އިންޑިއާގެ ޓެމިލްނާޑޫގައި ކުރިޔަށް ގެންދިޔަ އޭޝިއަން ސާރފިން ޗެމްޕިއަންޝިޕް 2025ގައި ވާދަކުރި ރާއްޖޭގެ އެތުލީޓުންގެ ތެރެއިން މެޑަލް ހޯދީ 18 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީގައި ވާދަކުރި ޔާސިން އަހުމަދު ނާޝިދު، ކަޔާން އަބުދުالله އަރީފް އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީއެވެ. މި އެތުލީޓުން ވަނީ ލޯ މެޑަލް ހޯދާފައެވެ. 

މި ނަތީޖާއާއެކު، ޖަޕާނުގައި އަންނަ އަހަރު ބާއްވާ އޭޝިއަން ގޭމްސްއަށް ކޮލިފައިވުމަށް ރާއްޖެއަށް ވަނީ އިތުރު ދެ ވެސް ލިބިފައެވެ.

އެހެންކަމުން އޭޝިއަން ގޭމްސް ކޮލިފިކޭޝަނުގައި ރާއްޖެއިން ޖުމްލަ 2 އަންހެން އެތުލީޓުންނާއި 2 ފިރިހެން އެތުލީޓުންނަށް ވާދަކުރުމުގެ ފުރުސަތު މިހާރުވަނީ ލިބިފައެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ މެންސް އޯޕަން ކެޓަގަރީގައި ރާއްޖެއިން ވާދަކުރީ އަޙްމަދު އާގިލް (އަންމަޑޭ) އާއި އިސްމާޢީލް ރަޝީދު (ސްމައިލީ) އަދި ހޫދު އަޙްމަދު (ހޫބްސް)އެވެ.

މި މުބާރާތުގެ ވުމަންސް އޯޕަން ކެޓަގަރީގައި ރާއްޖެއިން ވާދަކުރީ މަރިޔަމް ރާހިލް ނަސީމް (އަޔާ)، ރިޝްތާ ސުޖާއު އަދި ޝާޒިޔާ ސައީދު (ޝާޒް)އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން