ކުޅިވަރު
އޭޝިއާގެ އިތުރުން ޔޫރަޕްގެ ޤައުމުތައް ވާދަކުރާ ބައިނަލްއަޤުވާމީ ޖޫނިއަރ ޓެނިސް މުބާރާތެއް ރާއްޖޭގައި

އޭޓީއެފް މޯލްޑިވްސް ޖޫނިއަރ އޯޕަން 2024 --- ފޮޓޯ: ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ޓެނިސް ފެޑެރޭޝަން (އައިޓީއެފް)ގެ ޖޫނިއަރ ޓެނިސް މުބާރާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މި މަހުގެ 18އިން 28އަށް މާލޭގައި ހުންނަ ޤައުމީ ޓެނިސް ސެންޓަރުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އައިތީއެފްގެ އިވެންޓެކެވެ.
"އައިޓީއެފް ޖޭ30 މާލެ" ނަމުގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މި އިވެންޓުގައި ޖޫނިއަރ ކެޓަގަރީއިން ދުނިޔޭގެ މޮޅެތި ކުޅުންތެރިން ފެނިގެންދާނެކަމަށް، ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް)އިން ހާމަކުރެއެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނޭހެން ޖުމްލަ 24 ޤައުމެއްގެ ކުޅުންތެރިން ވާދަކުރާނެއެވެ. އޭގެ ތެރޭގައި އޭޝިއާގެ އިތުރުން، ޔޫރަޕުގެ ޤައުމުތައް ވެސް ހިމެނެއެވެ.
ޖޫނިއަރ ފިރިހެން ކެޓަގަރީގައި ވާދަކުރާ ޤައުމުތައް:
- ދިވެހިރާއްޖެ
- ޖަޕާން
- ޗައިނާ
- ދެކުނު ކޮރެއާ
- ސްވިޒަލޭންޑް
- މިސްރު
- އިންޑިއާ
- ސްޕެއިން
- ޗައިނީސް ޓައިޕޭ
- ފިލިޕީންސް
ޖޫނިއަރ އަންހެން ކެޓަގަރީގައި ވާދަކުރާ ޤައުމުތައް:
- ދިވެހިރާއްޖެ
- ކަޒަކިސްތާން
- ތައިލެންޑް
- ގްރޭޓް ބްރިޓަން
- ޗައިނާ
- ދެކުނު ކޮރެއާ
- އިންޑިއާ
- ޕޮލަންޑް
- ޔުކްރެއިން
- ރަޝިއާ
- ފްރާންސް
މާލޭ ޓެނިސް ކޯޓުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އޭޝިއަން ޓެނިސް ފެޑެރޭޝަން (އޭޓީއެފް)ގެ ޖޫނިއާ ދެ މުބާރާތް ކަމަށްވާ އޭޓީއެފް މޯލްޑިވްސް އޯޕަން އާއި އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން (16 އަހަރުން ދަށުގެ ދެ މުބާރާތް) ވެސް ކުރިޔަށް ގެންގޮސްފައެވެ.