Ads by Stelco

ޚަބަރު

މުދަލު ޒަކާތުގެގޮތުގައި އަހަރުގެ މިހާތަނަށް 73 މިލިޔަން ރުފިޔާ ލިބިފައިވޭ: މީރާ

މުދަލު ޒަކާތުގެގޮތުގައި އަހަރުގެ މިހާތަނަށް 73 މިލިޔަން ރުފިޔާ ލިބިފައިވޭ: މީރާ

ފިޠުރު ޒަކާތް ބަލައިގަތުން/ފޮޓޯ: ރާއްޖެ އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

13 އޯގަސްޓު 2025، 10:44

13 އޯގަސްޓު 2025، 10:44

މުދަލު ޒަކާތުގެގޮތުގައި އަހަރުގެ މިހާތަނަށް 73 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ވަނީ، މިދިޔަ ޖުލައި މަހުގެ މާލީ ތަފާސްހިސާބުގެ ރިޕޯޓު ޢާންމުކޮށްފައެވެ. އެގޮތުން، މި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޖުލައި މަހު މީރާއަށް މުދަލު ޒަކާތުގެގޮތުގައި 73 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. އެހެންކަމުން، މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒަކާތުގެ ގޮތުގައި ލިބުނު 66 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 10 އިންސައްތަ އިތުރުވުމެކެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ޖުލައި މަހުގައި މުދަލު ޒަކާތުގެ ގޮތުގައި 12 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. ނަމަވެސް، މިދިޔަ އަހަރުގެ ޖުލައި މަހު ލިބިފައިވަނީ 15 މިލިޔަން ރުފިޔާއެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބަކަށްވާއިރު، ރާއްޖޭގައި މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9264.15 ރުފިޔާއެވެ.

މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު އަންނަމުންނެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން