Ads by Stelco

ޚަބަރު

ދިވެހި ޒުވާނުންގެ ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދަނީ

ދިވެހި ޒުވާނުންގެ ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދަނީ

ދިވެހި ޒުވާނުންގެ ޤައުމީ ސިޔާސަތު އެކުލަވާލުމުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 އޯގަސްޓު 2025، 10:24

12 އޯގަސްޓު 2025، 10:24

ދިވެހި ޒުވާނުންގެ ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި ސިޔާސަތަށް ބޭނުންވާ މައިގަނޑު އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީން ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ހަވާލުކޮށްފައެވެ.

މި މަސައްކަތް ހަވާލުކުރުމަށް ވެވުނު އެއްބަސްވުމުގައި ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޓީގެ ނައިބު ރައީސް ފާތިމަތު ނަޒާހާ ނަޒީމެވެ. އަދި އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އައިމިނަތު ޝާފިޔާ އާދަމެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރުގެ ޚާއްސަ އެޑްވައިޒަރު އަޙްމަދު ނަރީޝް ވިދާޅުވީ، ހުނަރުވެރި އަދި ޤާބިލު މަސައްކަތްތަކެއްކުރާ ގިނަ ޒުވާނުން އެބައުޅޭ ކަމަށެވެ. ނަމަވެސް އެ ޒުވާނުން ތިބީ ސެޓްފިކެޓެއް ނެތުމުން ވަޒީފާ ނުލިބިފައި ކަމަށެވެ. އަދި އެ ކުދިންވެސް ސެޓިފައިކުރެވޭނެ ގޮތެއް ހޯދަން އެބަޖެހޭ ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ. 

ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ މެންބަރު ޙުސައިން ޢަރުބާން ފަވާޒު ވިދާޅުވި ގޮތުގައި، ޒުވާނުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި މަހާސިންތާގައި ޒުވާނުންގެ ޤައުމީ ނެޓްވަރކެއް އެކުލަވާލެވި، ހުރިހާ ދާއިރާތަކުން ޒުވާނުންނަށް ދިމާވާ މައްސަލަތަކާއި ޝަކުވާތައް ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ.

ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ އުފެއްދީ 2022 ވަނަ އަހަރުގެ އޮގަސްޓް 12 ވަނަ ދުވަހުއެވެ. މި ކޮމިޓީގެ މައިގަނޑު މަޤްޞަދަކީ ޤައުމީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، ޒުވާނުންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމެވެ. އަދި މި މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ ދިވެހި ޒުވާނުންގެ ޤައުމީ ސިޔާސަތެއް އެކުލަވާލުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން