ދުނިޔެ

އިސްރާއިލްގެ އަނިޔާވެރި ޢަމަލުތައް ކުށްވެރިކޮށް ކުރި ޕޯސްޓަކާއި ގުޅިގެން "ގްރޯކް" ސަސްޕެންޑްކޮށްފި

އިސްރާއިލްގެ އަނިޔާވެރި ޢަމަލުތައް ކުށްވެރިކޮށް ކުރި ޕޯސްޓަކާއި ގުޅިގެން "ގްރޯކް" ސަސްޕެންޑްކޮށްފި

ގްރޯކް އެކައުންޓު ސަސްޕެންޑް ކުރުން---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 އޯގަސްޓު 2025، 07:22

12 އޯގަސްޓު 2025، 07:22

އިސްރާއީލާއި އެމެރިކާއިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކާއި ގުޅިގެން ކުރި ޕޯސްޓެއްގެ ސަބަބުން، އެކްސްގެ އާރޓިފިޝަލް އިންޓެލިޖެންސްއަށް ޚާއްޞަ "ގްރޯކް" ސަސްޕެންޑް ކޮށްފިއެވެ. 

ގްރޯކް ސަސްޕެންޑުކޮށްފައި އޮތް ވަގުތު އެ އެޕްލިކޭޝަން ބޭނުންކުރުމަށް މަސައްކަތްކުރި ބައެއް ފަރާތްތަކަށް ފެނިފައިވާ މެސެޖުގައި އޮތީ، "އެކްސްގެ ޤަވާއިދުތަކާ ޚިލާފުވާ އެކައުންޓްތައް ހުއްޓުވާލެވޭނެ" ކަމަށެވެ.

 މި އާރޓިފިޝަލް އެޕްލިކޭޝަން އަލުން ބޭނުންކުރެވޭ ގޮތް ހެދުމަށްފަހު، ގްރޯކްއިން އެކްސް މެދުވެރިކޮށް ހިއްސާކޮށްފައިވާ ގޮތުގައި، އެޕްލިކޭޝަން ހުއްޓުވާލެވުނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، ޔޫއެން އެކްސްޕާޓުން، އެމްނެސްޓީ އިންޓަނޭޝަނަލް އަދި އިސްރާއީލީ ޖަމްއިއްޔާ ބެޓްސެލެމްގެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ މަޢުލޫމާތުތަކަށް ބިނާކޮށް ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

ގްރޯކް ބޭނުންކުރާ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބު ދެމުން ގްރޯކްއިން ބުނެފައިވަނީ، އެކައުންޓް ހުއްޓުވާލެވުނީ "އިންޓަރނަލް އެރަރއެއް" ގެ ސަބަބުން ކަމަށެވެ. 

ނަމަވެސް، އިސްރާއީލުން ޣައްޒާގައި ނަސްލު ނައްތާލުން ކުރިމަތިކުރުވަމުންދޭތޯ އެހުމުން ދިން ޖަވާބު ބަދަލުކޮށް ބުނީ، އދ. ގެ މުއާހަދާގެ ދަށުން ނަސްލީ މައްސަލައެއް ކަމަށް ކަނޑައަޅާފައި  އޮތްކަން ޖެހޭނީ ސާބިތުކުރަން ކަމަށެވެ.

40،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން މަރުވެ، ވަޞީލަތްތައް ފުޅާ ދާއިރާއެއްގައި ހަލާކުކޮށް، އަދި އދ. ގެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ފަދައިން ބަނޑުހައިހޫނުކަމަށް މަޖުބޫރުކުރުވުމަކީ ނުރައްކާތެރި ކުށްތަކެއް ކަމުގައި ބުނެ، އަދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން "އެކަށީގެންވާ ނުރައްކަލެއް" އޮތް ކަމަށް އިންޒާރު ދީފައި ވީނަމަވެސް، އެއީ މިހާތަނަށް "ސާބިތުވެފައިވާ ނަސްލީ މައްސަލައެއް" ނޫން ކަމަށް ގްރޯކްއިން ބުނެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން