Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ގޮއިދޫ ކައުންސިލާއި ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ގޮއިދޫ ކައުންސިލާއި ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ގޮއިދޫ ކައުންސިލާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

12 އޯގަސްޓު 2025، 05:22

12 އޯގަސްޓު 2025، 05:22

ރައީސުލްޖުމްހޫރިއްޔާ، މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ، ރަށުގެ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ބައެއް ވަޞީލަތްތައް ގާއިމުކުރުމާއި، އަވަށު މެދުގައި ފެނަކަ ހުރުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމާއި، ފެނަކައިގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެނަކައަށް އައު އޮފީސް އިމާރާތެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، ރަށުގެ ޓޫރިޒަމް ޒޯނަށް ކަރަންޓު ދެވޭނެ ގޮތެއް ވީހާވެސް އަވަހަކަށް ހަދައިދިނުމަށް ރައީސްގެ އަރިހުން ވަނީ އަދިވަޑައިގެންފައެވެ.

މީގެ އިތުރުން، އިކޯ ޓޫރިޒަމަށް ފުރުޞަތު ހޯދައިދިނުމާއި، ގޮއިދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި، ސްޓާފް ރޫމްގެ މަސައްކަތް ހުއްޓިފައި އޮތުމުގެ އިތުރުން ސްކޫލްގެ ކަރަންޓުގެ ހާލަތުގެ ކަންބޮޑުވުން މި ބައްދަލުކުރެއްވުމުގައި ވަނީ ރައީސް އާއި ހިއްސާކުރައްވާފައެވެ. ހަމަ މިއާއެކު، ކައުންސިލްގެ ފަރާތުން ވަނީ ސްކޫލް މަލްޓިޕާޕަސް ހޯލާއި ސްޕޯޓްސް ކަނދުފަތީގެ އަޕްޑޭޓެއް ލިބެން ބޭނުންވާކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން