Ads by Stelco

ޚަބަރު

ޙައްޖާއި ގުޅޭ ކަންކަމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަންނަނީ އިންޤިލާބީ ބަދަލުތަކެއް ގެންނަމުން: ވަޒީރު ޑރ. ޝަހީމް

ޙައްޖާއި ގުޅޭ ކަންކަމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަންނަނީ އިންޤިލާބީ ބަދަލުތަކެއް ގެންނަމުން: ވަޒީރު ޑރ. ޝަހީމް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު/ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

12 އޯގަސްޓު 2025، 04:15

12 އޯގަސްޓު 2025، 04:15

ޙައްޖާއި ގުޅޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިންޤިލާބީ ބަދަލުތަކެއް ގެންނަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ވަޒީރު ވިދާޅުވީ، ޙައްޖުގެ ކަންކަމަށް ލުއިފަސޭހަކަން ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން 1446 ވަނަ އަހަރު ދިވެހި ޙައްޖުވެރިން ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު އެތައް ގަޑިއިރަކުން ދެތިން މިނެޓަށް ކުޑަކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ޙައްޖުވެރިން މައްކާއިން މަދީނާއަށް ކުރައްވާ ދަތުރު ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސީދާ ނިންމެވުމާއެކު ހައި ސްޕީޑް ޓްރެއިންގައި ކުރާ ގޮތަށް ނިންމާ ފާއިތުވެދިޔަ ޙައްޖު މޫސުމުގައި އެގޮތަށް ޢަމަލުކޮށްފައިވާކަމަށާއި، މީގެ ކުރިން 8 ގަޑިއިރު ބަހުގައި ކުރާ ދަތުރު ޓްރެއިންގައި 2 ގަޑިއިރަށް ކުޑަކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ރައްޔިތުންނަށް ލިބިގެންދާ ބޮޑެތި ލުއިފަސޭހަތަކެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވަނީ، ދިވެހިރާއްޖޭގެ ޙައްޖާއި ގުޅޭ ކަންކަމުގައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާންގެ ފަރާތުން ލިބިލައްވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން