ކުޅިވަރު

އޭއެފްސީ ޗެލެންޖު ލީގުގައި މިއަދު ކުޅޭ މެޗަށް މާޒިޔާ އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި: ކޯޗު

އޭއެފްސީ ޗެލެންޖު ލީގުގައި މިއަދު ކުޅޭ މެޗަށް މާޒިޔާ އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި: ކޯޗު

ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް، ފޮޓޯ: މާޒިޔާ

farudhun logo

ފަރުދުން

12 އޯގަސްޓު 2025، 08:45

12 އޯގަސްޓު 2025، 08:45

އޭއެފްސީ ޗެލެންޖު ލީގުގެ ޕްރިލިމިނަރީ ބުރުގައި ކުވެއިތުގެ އަލް ޢަރަބިއާ ދެކޮޅަށް މިއަދު މާލޭގައި ކުޅޭ މެޗަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައިކަމުގައި، މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ. 

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ހެނާންޑޭޒް ބުނީ، ކުވެއިތުގެ އަލް އަރަބިއާ ވާދަކުރެވޭ ވަރަށް ޓީމު އޮތީ ތައްޔާރަށްކަމަށާއި، މި މެޗުން މޮޅުވުމަކީ ޤައުމަށް ކޮށްދޭ ކަމެއްގެ ގޮތުގައި ދެކޭކަމަށެވެ. 

މީގެ އިތުރުން، ކުޅުންތެރިން މެޗަށް ރަގަޅަށް ފޯކަސްކޮށްގެން ކުޅެފިނަމަ، މިއަދުގެ މެޗު ކާމިޔާބުކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމުގައި ހެނާންޑޭޒް ބުންޏެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަލް އަރަބިގެ ކޯޗު މާކޯ އަލްވެސް ބުނީ، މިއީ މުހިންމު މެޗެއް ކަމަށާއި، ރާއްޖޭގައި މެޗު ކުޅެން ޖެހޭއިރު އޮތް އެންމެ ބޮޑު އުނދަގުލަކީ ދަނޑުގެ ކޮންޑިޝަން ކަމަށެވެ. އެގޮތުން ގަލޮޅު ދަނޑުގެ ވިނަގަނޑުގެ ކޮންޑިޝަންވެސް ތަފާތު ކަމަށާއި، މީގެ ކުރިން އަރަބިގެ ކުޅުންތެރިން ކުޅެފައިވާ ދަނޑުތަކާއި ވަރަށް ބޮޑަށް ގްރައުންޑް ތަފާތުކަމަށެވެ. އަދި މާޒިޔާއަށް އަމިއްލަ ގައުމުގައި ކުޅެން ޖެހުމުގެ ފައިދާ އާއި މި މެޗަށް މާޒިޔާއިން ދުރާލާ ތައްޔާރުވަމުން އައުމަކީ ފައިދާތަކެއް ކަމަށް ކޯޗު ހާމަކުރިއެވެ.

މި މެޗަށް އަލް އަރަބިން އައީ އެ ޓީމުގެ މުހިންމު ކުޅުންތެރިއަކު އަނިޔާގެ ސަބަބުން ބަހައްޓާފައެވެ. ހުސްވި އަހަރުގެ މުބާރާތުގެ ސެމީ ފައިނަލް ކުޅުނު ޓީމުގެ މިޑްފީލްޑަރު އަދި ކުވޭތުގެ ޤައުމީ ޓީމަށް ވެސް ކުޅޭ އަލީ ހަލަފް މި މެޗަށް ނައީ އޭނާއަށް ލިބިފައިވާ އަނިޔާއަކަށް ފަރުވާ ހޯދަމުންދާތީއެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅޭ މެޗު ފަށާނީ ރާއްޖެ ގާޑިން މެންދުރުފަހު 3:00 ގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން