ކުޅިވަރު

ސިޓީގެ ސްކޮޑުން ބާކީވުމުން ގްރިއަލިޝް އެވަޓަންއަށް ބަދަލުވުމަށް ނިންމައިފި

ސިޓީގެ ސްކޮޑުން ބާކީވުމުން ގްރިއަލިޝް އެވަޓަންއަށް ބަދަލުވުމަށް ނިންމައިފި

ޖެކް ގްރިއަލިޝް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

12 އޯގަސްޓު 2025، 07:25

12 އޯގަސްޓު 2025، 07:25

މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ އުމުރުން 29 އަހަރުގެ ޖެކް ގްރިއަލިޝް ލޯނު އެއްބަސްވުމެއްގެ ދަށުން އެވަޓަންއަށް ބަދަލުވުމަށް ނިންމައިފިއެވެ.

ގްރިއަލިޝް އެވަޓަންއަށް ބަދަލުވުމަށް ނިންމާފައިވާއިރު، މިދިޔަ ސީޒަނުގެ ފަހު މެޗުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުންނާއި އަދި މިދިޔަ މަހު އެމެރިކާގައި ކުރިޔަށްދިޔަ ކްލަބް ވޯލްޑް ކަޕުގެ ސްކޮޑުން ވެސް އޭނާ ވަނީ ބާކީކޮށްފައެވެ.

ގްރިއަލިޝް މެންޗެސްޓަރ ސިޓީއަށް ބަދަލުވީ 2021ވަނަ އަހަރުގެ އޯގަސްޓް މަހު އެސްޓަން ވިލާއިން، އިނގިރޭސިވިލާތުގެ ރެކޯޑު ފީއަކަށެވެ. އެގޮތުން އޭނާ ގެންދިއުމަށް ސިޓީއިން 100 މިލިއަން ޕައުންޑު ހޭދަކުރިއިރު، އެ ކްލަބުގައި އޭނާގެ މުސާރައަކީ ހަފްތާއަކު 3 ލައްކަ ޕައުންޑެވެ. އެއީ މަހަކަށް 1.2 މިލިއަން ޕައުންޑެވެ.

ސިޓީއާއެކު ގްރިއަލިޝް ވަނީ ޕްރިމިއަރ ލީގާއި، ޗެމްޕިއަންސް ލީގުގެ އިތުރުން އެފްއޭ ކަޕް ވެސް ކާމިޔާބުކޮށްފައެވެ. އަދި މި މުއްދަތުގައި އޭނާ ވަނީ ސިޓީއަށް 150 މެޗު ކުޅެދީފައެވެ. ނަމަވެސް ނިމުނު ސީޒަނުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ލީގުގައި ގްރިއަލިޝްއަށް ފެށުމުގެ ފުރުސަތު ލިބުނީ އެންމެ 7 މެޗުގައެވެ.

މީގެއިތުރުން، އެފްއޭކަޕް ފައިނަލުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ ބަލިވިއިރު، އެ މެޗުގައި ގާޑިއޯލާ ނިންމީ ގްރިއަލިޝް ބޭނުންނުކޮށް، އާޖެންޓީނާގެ ޒުވާން ކުޅުންތެރިޔާ ކްލައުޑިއޯ އެޗެވެރީ ބޭނުންކުރުމަށެވެ. 

މި ކަންތައްތަކާ ގުޅިގެން، ގްރިއަލިޝް ވެސް ބޭނުންވީ އޭނާއަށް ކުޅެން ލިބޭނެ ޓީމަކަށް ބަދަލުވުމަށެވެ. އެގޮތުން ޔޫރަޕުގައި ވާދަކުރާނެ ނިއުކާސްލް އާއި ޓޮޓެންހަމް ހޮޓްސްޕަރފަދަ ޓީމަކުން އޭނާއަށް ޗާންސް ނުލިބުނަސް، އެވަޓަންއަށް ބަދަލުވުމަކީ ދާއިމީ ގޮތުން ކުޅުމުގެ ފުރުސަތު ހޯދުމަށް އޭނާ އެދޭ އެދުން ފުރިހަމަވާނެ ބަދަލެއްކަމަށް ބެލެވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން