Ads by Stelco

ޚަބަރު

އޭދަފުށީގައި އެމްއެންޔޫ ކެމްޕަސްއެއް އިމާރާތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

އޭދަފުށީގައި އެމްއެންޔޫ ކެމްޕަސްއެއް އިމާރާތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

އޭދަފުށީގައި އެމްއެންޔޫ ކެމްޕަސްއެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން---

farudhun logo

ފަރުދުން

11 އޯގަސްޓު 2025، 10:46

11 އޯގަސްޓު 2025، 10:46

ބ. އޭދަފުށީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ކެމްޕަސްއެއް އިމާރާތް ކުރުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ހަވީރު އޭދަފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައެވެ. 

މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ، ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.

މި މަޝްރޫޢުގެ ދަށުން އެ ރަށުގައި ދަރިވަރުންނާއި ޓީޗަރުންނަށް ޙާއްސަކޮށް އެކޮމޮޑޭޝަން ބްލޮކްތަކެއް ޤާއިމުކުރާން ހިމެނެއެވެ. އެގޮތުން ދަރިވަރުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކް ހަދާނީ 6،000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާއަށެވެ. އަދި މުވައްޒަފުން ތިބޭ އެކޮމޮޑޭޝަން ބްލޮކް ހެދުމަށް ހަމަޖެހިފައި ވަނީ 3،200 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާއަށެވެ.

އަދި 3،000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އެޑްމިނިސްޓްރޭޓިވް ބްލޮކެއް ހެދުމާއި، 4،000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ ކްލާސްރޫމް ބްލޮކެއް ހެދުމާއި، 4،000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އެކަޑަމިކް ފެސިލިޓީޒް ބްލޮކެއް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގައި ހިމެނެއެވެ. 

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 720 ދުވަސްތެރޭ ނިންމުމަށް، 80.79 މިލިއަން ރުފިޔާއަށެވެ.

މީގެއިތުރުން ރައްޔިތުންނާ ބައްދަލުކުރުމަށް އޭދަފުށީގައި ބޭއްވި ޖަލްސާގައި ވަނީ، އަތޮޅުގެ ސިއްޙީ ޙާލަތު ރަނގަޅު ކުރުމުގެ ގޮތުން، ބ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން