Ads by Stelco

ޚަބަރު

ކެންދޫ ބަނދަރު ތަރައްޤީ ކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢުގައި ސޮއިކޮށްފި

ކެންދޫ ބަނދަރު ތަރައްޤީ ކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢުގައި ސޮއިކޮށްފި

ކެންދޫ ބަނދަރު ތަރައްޤީ ކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢުގައި ސޮއިކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 އޯގަސްޓު 2025، 07:29

11 އޯގަސްޓު 2025، 07:29

ބ.ކެންދޫ ބަނދަރު ތަރައްޤީ ކުރުމާ ބިން ހިއްކުމުގެ މަޝްރޫޢުގައި ސޮއިކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަށް 119 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަގެއް ހޭދަވާނެކަމަށް ހާމަކޮށްފައިވެއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ.

450 ދުވަހުގެ މުއްދަތެއް ދީފައިވާ މި މަޝްރޫޢުގެ ދަށުން 112,016 އަކަ މީޓަރުގެ ސަރަޙައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބަނދަރާއި ނެރު ފުންކުރުމުގެ ގޮތުން 9,854 ކޮޑި މީޓަރުގެ ވެލި ނެގުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މި މަޝްރޫޢުގެ ދަށުން 278 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، 971 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރެވޭނެއެވެ. އަދި 10 މޫރިންގ ބޮއި ހަރުކުރުމާއި، ދެ ރޭމްޕް އެޅުމާއި، 75 މީޓަރުގެ ޖެޓީއެއް އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މީގެ އިތުރުން ބަނދަރުގެ ރައްކާތެރިކަމަށްޓަކައި 62 މީޓަރުގެ ފައިކަށްޓަކާއި، 29 މީޓަރުގެ ނެރު ފައިކަށި ޖެހުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ. އަދި 9 ބަނދަރު ބައްތިއާއި 2 ނެރު ބައްތި ހަރުކުރުމާއި، އެއްގަމު ތޮށި ވަށައިގެން 5 މީޓަރު ފުޅާމިނުގައި ޕޭވްމަންޓް އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން