Ads by Stelco

ޚަބަރު

މީރާއަށް އެންމެ ގިނައިން ފައިސާ ދައްކާފައިވާ ފަރާތްތަކަށް "ރަން ފަނަރަ" އެވޯޑް ދީފި

މީރާއަށް އެންމެ ގިނައިން ފައިސާ ދައްކާފައިވާ ފަރާތްތަކަށް "ރަން ފަނަރަ" އެވޯޑް ދީފި

"ރަން ފަނަރަ" އެވޯޑް ދިނުން/ފޮޓޯ: މީރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

11 އޯގަސްޓު 2025، 10:12

11 އޯގަސްޓު 2025، 10:12

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮޓޯރިޓީ، މީރާއަށް އެންމެ ގިނައިން ފައިސާ ދައްކާފައިވާ ފަރާތްތަކަށް "ރަން ފަނަރަ" އެވޯޑް ދީފިއެވެ.

މި އެވޯޑު ދީފައިވަނީ، ފާއިތުވި 15 އަހަރުގެ ތެރޭގައި އެ އޮޓޯރިޓީއަށް އެންމެ ގިނައިން ޓެކުހުގެ ގޮތުގައި ފައިސާ ދައްކާފައިވާ 15 ފަރާތަކަށެވެ. އެގޮތުން، މީރާގެ 15 ވަަނަ އަހަރީ ދުވަހުގެ މުނާސަބުތުގައި ބޭއްވި ހަފްލާއެއްގައި މި އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ އެހަފްލާގެ ޝަރަފުވެރި މެހެމާން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ.

"ރަން ފަނަރަ" އެވޯޑު ލިބުނު ފަރާތްތައް:

  • ބޭންކް އޮފް މޯލްޑިވްސް
  • ދިރާގު
  • އައި އެންޑް ޓީ މެނޭޖްމަންޓް
  • އިތާފުށި އިންވެސްޓްމެންޓް
  • ކާސާ ހޯލްޑިންގްސް
  • ކުރެއްދޫ ހޯލްޑިންގްސް
  • މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)
  • އުރީދޫ މޯލްޑިވްސް
  • ގަތަރު އެއާވޭސް
  • ރީތި ރަށް ރިސޯޓް
  • ސްޓޭޓް ބޭންކް އޮފް އިންޑިއާ
  • އެސްޓީއޯ
  • ޓީއެމްއޭ
  • ޔުނިވާސަލް އެންޓަޕްރައިސަސް
  • ވިލާ ޝިޕިން އެންޑް ޓްރޭޑިން

މީރާއިން މަޢުލޫމާތުދޭ ގޮތުގައި، މި އެވޯޑް ދީފައިވަނީ 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2025 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި އެންމެ ގިނައިން ފައިސާ ދައްކާފައިވާ 15 ފަރާތަކަށެވެ. އަދި މި އެވޯޑް ދިނުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ އެ އޮތޯރިޓީއަށް އެންމެ ގިނައިން ފައިސާ ދައްކާފައިވާ ފަރާތްތައް ފާހަގަކޮށް ދެނެގަނެ އެ ފަރާތްތަކުގެ އަގު ވަޒަންކުރުންކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން