Ads by Stelco

ޚަބަރު

އިކުއެޑޯގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

އިކުއެޑޯގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ދިވެހިރާއްޖެއާއި އިކުއެޑޯގެ ދިދަ/ފޮޓޯ: ޑްރީމްސްޓައިމް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

11 އޯގަސްޓު 2025، 09:49

11 އޯގަސްޓު 2025، 09:49

އިކުއެޑޯގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަޙުނިޔާ ފޮނުއްވައިފިއެވެ.

އިކުއެޑޯގެ ޚާރިޖީ ވަޒީރު މަރިއާ ގެބްރިއެލާ ސޮމަފެލްޑް ރޮސެރޯ އަށް އެ ޤައުމުގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގަ އާއި ވަޒީރުގެ އަމިއްލަ ނަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، އިކުއެޑޯގެ ސަރުކާރަށާއި ރައްޔިތުންނަށް، ތަހުނިޔާއާއި އިޚްލާޞްތެރި ހެޔޮ އެދުންތައް އަރިސްކުރައްވާ ކަމަށެވެ.

ހަމަ އެހެންމެ، އިކުއެޑޯގެ ޚާރިޖީ ވަޒީރު މަރިއާ ގެބްރިއެލާ ސޮމަފެލްޑް ރޮސެރޯ އަށް ދުޅަހެޔޮ ސިއްޙަތާއި އިކުއެޑޯ ރައްޔިތުންނަށް ތަނަވަސްކަން ލިބުމަށް އެދިވަޑައިގަންނަވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، އިކުއެޑޯގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން