Ads by Stelco

ޚަބަރު

15 އަހަރުގެ ކުއްޖަކު ދުއްވި ސައިކަލަކުން ޖެހި އޭނާއާ އިތުރު ދެ މީހަކަށް އަނިޔާވެއްޖެ

15 އަހަރުގެ ކުއްޖަކު ދުއްވި ސައިކަލަކުން ޖެހި އޭނާއާ އިތުރު ދެ މީހަކަށް އަނިޔާވެއްޖެ

އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލް، ފޮޓޯ: ސަން

farudhun logo

ފަރުދުން

11 އޯގަސްޓު 2025، 08:12

11 އޯގަސްޓު 2025، 08:12

15 އަހަރުގެ ކުއްޖަކު ދުއްވި ސައިކަލަކުން ޖެހި އޭނާއާ އިތުރު ދެ މީހަކަށް އަނިޔާވެއްޖެއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ރޭގެ ވަގުތެއްގައި އައްޑޫ ސިޓީގެ ހިތަދޫގައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ ރޭގެ 9:15 ހާއިރެވެ. 

މި އެކްސިޑެންޓުގައި 15 އަހަރުގެ ކުއްޖާ ދުއްވަން އިން ސައިކަލު ގޮސް ޖެހުނީ އަންހެނަކު ދުއްވަމުން ދިޔަ ސައިކަލެއްގައެވެ. އަދި ދެ ސައިކަލް ދުއްވަން ތިބި ދެ މީހުންގެ އިތުރުން، 15 އަހަރުގެ ކުއްޖާ ދުއްވަން އިން ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށް ވެސް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

އަދި އެ މީހުންނަށް މިހާރު އައްޑޫގައި ހުންނަ އިކުޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލަ ދަނީ ފުލުހުން އިތުރަށް ތަހުޤީޤުކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން