Ads by Stelco

ޚަބަރު

މަސްތުވާތަކެއްޗާއެކު ސިފްކޯ ފްލެޓެއްގެ ތެރެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ސިފްކޯ ފްލެޓެއްގެ ތެރެއިން މީހަކު ހައްޔަރުކޮށްފި

ސިފްކޯ ފްލެޓު، ފޮޓޯ: ވަން އޮންލައިން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 އޯގަސްޓު 2025، 06:42

11 އޯގަސްޓު 2025، 06:42

މަސްތުވާތަކެއްޗާއެކު، ސިފައިންނަށް ޙާއްސަކޮށް ހަދާފައިވާ ސިފްކޯ ފްލެޓެއްގެ ތެރެއިން މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މި މީހާގެ އުމުރަކީ 23 އަހަރެވެ. 

އަދި އޭނާ ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

އޭނާ ބަންދުގައި ބެހެއްޓުމަށް ނެރުނު ކޯޓު އަމުރުގައިވާ ގޮތުން، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވެއެވެ. 

އަދި އޭނާ ދިރިއުޅެމުންދިޔަ އެޕާޓްމެންޓުންނާއި، އޭނާ އާއި ގުޅުންހުރި އެހެން ތަނަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރަން ބޭނުންކުރާ ސާމާނު ފެނިފައިވެއެވެ. 

މި މައްސަލައާ ގުޅިގެން، ސިފްކޯ ފްލެޓުން ފެނުނު ތަކެއްޗަކީ އޭނާގެ އެއްޗެހިކަމަށް އިޢުތިރާފްވެފައި ވެއެވެ. ނަމަވެސް، ދެން މަސްތުވާތަކެތި ފެނުނު ތަނަކީ އޭނާއާ ގުޅުން އޮތް ތަނެއް ނޫން ކަމަށް ކޯޓުގައި ވަނީ ބުނެފައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ވަނަވަރާއި، އެ މީހާ މަސައްކަތްކުރަމުންދާ ތަން އަދި މި ނޫހަށް ކަށަވަރުކުރެވިފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން