Ads by Stelco

ޚަބަރު

އިންޑިއާއިން އެއްބަސްވެފައިވާ 343 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ބޭނުންކުރަން ނިންމައިފި

އިންޑިއާއިން އެއްބަސްވެފައިވާ 343 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ބޭނުންކުރަން ނިންމައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 އޯގަސްޓު 2025، 07:45

10 އޯގަސްޓު 2025، 07:45

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުން ހަމަޖައްސައިދިނުމަށް އެއްބަސްވެފައިވާ 30 ބިލިއަން ރުޕީސް (343 މިލިއަން ޑޮލަރު) ގެ ކަރަންސީ ސްވޮޕް ފެސިލިޓީ ބޭނުންކުރުމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްްއޭ)އިން ނިންމައިފިއެވެ.

އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި ރިޒާވް ބޭންކް އޮފް އިންޑިއާއިން ހަމަޖައްސާފައިވާ މި ފެސިލިޓީ ބޭނުންކުރަން ފަށާނީ މި އަހަރުގެ ފަހުކޮޅެވެ. އަދި އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމުގައި އެ އޮތޯރިޓީއިން ވަނީ ހާމަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވެވި ދަތުރުފުޅުގައި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ ފެސިލިޓީ ވެސް އާކޮށްދީފައިވެއެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރު ނަގާފައިވާ ފެސިލިޓީއެކެވެ. އަދި އޭގެ ފަހުން އެ ފެސިލިޓީގެ މުއްދަތު ދެ ފަހަރެއްގެ މަތިން އައުކޮށްދީފައި ވެއެވެ.

ސަރުކާރުން އަދާކުރަންޖެހޭ ދަރަނިތައް ބޮޑުވެފައިވުމާއި ތެލުގެ ސަބްސިޑީގެ ސަބަބުން ދައުލަތުގެ ރިޒާވް މިދިޔަ އަހަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި އެއީ ފަހުގެ ތާރީޙެއްގައި ރިޒާވް އެންމެ ބޮޑަށް ދަށްވި އަހަރުވެސް މެއެވެ. 

މި އަހަރުގެ މިހާތަނަށް ދަރަނި އަދާކުރުމަށް ދައުލަތުގެ ރިޒާވުން 213 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ބޭނުންކޮށްފައިވެއެވެ. އޭގެތެރެއިން ތެލާއި، ކާޑާއި، ބޭހާއި އަދި މެޑިކަލް ސާމާނު އެތެރެކުރުމަށް އެސްޓީއޯއަށް ރިޒާވުން 274 މިލިއަން ޑޮލަރު (4.2 ބިލިއަން ރުފިޔާ) ދީފައިވެއެވެ. 

ރިޒާވްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެމްއެމްއޭއިން ވަނީ ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ބަދަލުތައް ގެނެސް، ބޭންކްތަކަށް ޑޮލަރު ޖަމާކުރާ އަދަދު އިތުރުކޮށްފައެވެ. 

މި ބަދަލުތަކާއެކު މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)އަށް ވަނީ 1.18 ބިލިއަން ރުފިޔާ ޖަމާކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ފަންޑަށް ޖަމާކޮށްފައިވާ އަދަދަށް ވުރެ 396.7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހު އެ ފަންޑަށް ޖަމާކޮށްފައި ވަނީ 783.8 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އެ ފަންޑަށް ލިބުނު %50.6ގެ ކުރިއެރުމެކެވެ. 

މީގެއިތުރުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތުގެ ޚަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %17.4 ދަށްވެފައުވާކަމަށް މާލީ ހިސާބުތައް ދައްކައެވެ. އަދި ދައުލަތުގެ ބަޖެޓުގެ ބާކީ ވަނީ 314.3 މިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި ދަމަހައްޓައިފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން