Ads by Stelco

ޚަބަރު

ހުއްޓިފައިހުރި އެންސިސް މަސް ކާރުޚާނާ މިފްކޯއިން ގަތުމަށް މަސައްކަތްކުރަނީ

ހުއްޓިފައިހުރި އެންސިސް މަސް ކާރުޚާނާ މިފްކޯއިން ގަތުމަށް މަސައްކަތްކުރަނީ

އެންސިސް މަސް ކާރުޚާނާ، ފޮޓޯ: އެންސިސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 އޯގަސްޓު 2025، 08:53

10 އޯގަސްޓު 2025، 08:53

ހުޅުމާލޭގައި މަސް ބަންދުކުރުމުގެ މަސައްކަތް ކުރަމުން އައި އެންސިސް މަސް ކާރުޚާނާ ގަތުމުގެ މަޝްވަރާތައް ކުރަމުން އަންނަކަމަށް، ސަރުކާރުގެ މަސްކުންފުނި، މޯލްޑިވްސް އިންޑިސްޓްރިއަލް ފިޝިން ކޮމްޕްލެކްސް (މިފްކޯ)އިން ހާމަކޮށްފިއެވެ.

ގްރޭޓާރ މާލެ އޭރިއާގައި މިހާތަނަށް ހިންގަމުންއައި އެންމެ ބޮޑު މަސް ކާރުޚާނާ، "އެންސިސް މަސް ފެކްޓްރީ"ގައި ދުވާލަކު 25 ޓަނުގެ މަސް ދަޅު އުފެއްދުމުގެ ޤާބިލްކަން ހުރެއެވެ. އަދި 1000 ޓަނުގެ އައިސް ޕްލާންޓަކާއި 1200 ޓަނުގެ ފިނިކުރި މަސް ރައްކާކުރުމުގެ ޤާބިލްކަމާއެކު ހިންގަމުން އައި މި ކާރުޚާނާ ވަނީ މީގެ ދޮޅުއަހަރެއްހާ ދުވަސްކުރިން އެކި ސަބަބުތަކާހުރެ ބަންދުކޮށްފައެވެ.

2019 ވަނަ އަހަރު ހުޅުވި މި މަސް ކާރުޚާނާއަކީ25 މިލިއަން ޑޮލަރު ނުވަތަ 385 މިލިއަން ރުފިޔާގެ އަގުހުރި އިންވެސްޓްމެންޓެކެވެ. އެގޮތުން މިތާންގައި ބޭނުންކޮށްފައި ވަނީ ފަހުގެ މެޝިނަރީ އާއި އާލަތްތައް ކަމުގައި، އެތަން ގަތުމަށް ދިރާސާ ކުރަމުންދާ މިފްކޯއިން ވަނީ ހާމަކޮށްފައެވެ.

އެންސިސްއިން ހާމަކޮށްފައިވާ ގޮތުގައި، އެ ކާރުޚާނާ ބަންދުކުރަން ޖެހުނީ 2023ވަނަ އަހަރު ސަރުކާރުން ކަޅުބިލަމަހުގެ ކިލޯއެއް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމުންނެވެ. އެކަމާ ގުޅިގެން އެ ކުންފުންޏަށް ބޮޑު ގެއްލުމެއް ލިބުނުކަމަށް ހާމަކޮށްފައިވެއެވެ.

އެންސިސް ފިޝަރީސް ކުންފުނި އުދައްދާފައި ވަނީ 2002 ވަނަ އަހަރު ބޮޑު ކަންނެލި ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓުކުރުމުގެ ތެރެއިންނެވެ. އެއަށްފަހު އެ ކުންފުނީގެ މަސް ކާރުޚާނާއެއް ފުރަތަމަ ޤާއުމްކުރީ 2006ވަނަ އަހަރެވެ. "އެންޒީ"އަކީ އެ ކާރުޚާނާއިން ތައްޔާރުކުރި ތަކެތީގެ ބްރޭންޑެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން