ކުޅިވަރު

ލިވަޕޫލްގެ ނުނޭޒް ސައުދީގެ އަލް-ހިލާލްއަށް ބަދަލުވެއްޖެ

ލިވަޕޫލްގެ ނުނޭޒް ސައުދީގެ އަލް-ހިލާލްއަށް ބަދަލުވެއްޖެ

ޑާރވިން ނުނޭޒް ލިވަޕޫލްގެ ޕްރީ-ސީޒަން މެޗެއްގައި---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 އޯގަސްޓު 2025، 07:02

10 އޯގަސްޓު 2025، 07:02

ލިވަޕޫލްއަށް ކުޅެމުންދިޔަ އުރުގުއޭގެ ފޯވާޑް، ޑާރވިން ނުނޭޒް ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް-ހިލާލްއަށް ބަދަލުވެއްޖެއެވެ. 

އުމުރުން 26 އަހަރުގެ ނުނޭޒް ބަދަލުވިކަން ދެ ކްލަބުންވެސް އިޢުލާންކޮށްފައި ވަނީ ހޮނިހިރު ދުވަހުއެވެ. 

އަލް-ހިލާލްއަށް ނުނޭޒް ގެންދިޔައީ 46.3 މިލިއަން ޕައުންޑުގެ އަގަކަށް، ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ. އަދި އޭނާ މިހާރު ވަނީ، ޖަރުމަނުގައި ޕްރީ-ސީޒަން ކުރިޔަށްގެންދާ ހިލާލްއާ ގުޅުމަށް އެ ޤައުމަށް ގޮސްފައެވެ.

2022 ވަނަ އަހަރު ޕޯޗުގަލްގެ ބެންފީކާއިން ނުނޭޒް ލިވަޕޫލްއަށް ގެންދިޔައީ 64 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭނާ ވަނީ ލިވަޕޫލަށް ކުޅެދިން 143 މެޗުގައި 40 ގޯލު ކާމިޔާބުކޮށްފައެވެ. 

ލިވަޕޫލްގައި ނުނޭޒް ބޮޑަށް ބޭނުންކުރަމުން ދިޔައީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައެވެ. އަދި އާރނޭ ސްލޮޓް ހަވާލުވުމަށްފަހު އޭނާ ބޭނުންކުރާ މިންވަރު މަދުވެ، މިދިޔަ ސީޒަންގައި އޭނާ ފަށާފައި ވަނީ ވެސް 8 މެޗުގައެވެ.

ނުނޭޒް ލިވަޕޫލުން ބަދަލުވުމާ ގުޅިގެން، ނިއުކާސްލްގެ އެލެކްސެންޑަރ އިސާކް ހޯދުމަށް ލިވަޕޫލުން އިތުރަށް މަސައްކަތް ކުރާނެކަމަށް ބެލެވެއެވެ. ނަމަވެސް ލިވަޕޫލުން އެންމެ ފަހުން ހުށަހެޅި 110 މިލިއަން ޕައުންޑުގެ ހުށަހެޅުމަށް ވެސް ނިއުކާސްލްއިން ވަނީ ފުރަގަސްދީފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން