Ads by Stelco

ޚަބަރު

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓަލާ އަބާދީއަށް ފައިސާގެ އިނާމު ދިނުމަށް އާންމުންގެ ޚިޔާލު ހޯދަނީ

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓަލާ އަބާދީއަށް ފައިސާގެ އިނާމު ދިނުމަށް އާންމުންގެ ޚިޔާލު ހޯދަނީ

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު

farudhun logo

ފަރުދުން

08 އޯގަސްޓު 2025، 07:16

08 އޯގަސްޓު 2025، 07:16

ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓަލާ ރަށްރަށުގެ އަބާދީގެ އެންމެނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ޞިއްޙީ ވުޒާރާއިން ސާރވޭ އެއް ފަށައިފިއެވެ.

ޞިއްޙީ ވުޒާރާއިން ވިދާޅުވީ، މި ސާރވޭގެ މަޤްސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓަލާ ރަށްރަށުގެ އަބާދީގެ އެންމެނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުން ކަމަށެވެ. އަދި މުޖުތަމަޢު ހޭލުންތެރިކުރުމާ ގުޅޭ ގޮތުންނާއި، ތަންފީޛު ކުރުމުގައި ދިމާވާ ގޮންޖެހުންތަކާމެދު އާންމުން ދެކޭގޮތާއި، ކުރިއަށް އޮތްތަނުގައި ރަގަނޅު ކުރުމަށް ފެންނަ ކަންތައްތައް ދެނެގަތުން ކަމަށްވެސް އެވުޒާރާއިން ވިދާޅުވެފައި ވެއެވެ.

ޝީއްޙީ ވުޒާރާއިން އިތުރަށް ވިދާޅުވީ،އާންމުންގެ ޚިޔާލު ހޯދާ މި ސާރވޭގައި ބައިވެރިވާ އެއްވެސް ފަރާތެއްގެ މަޢުލޫމާތު ހާމައެއް ނުކުރާނެ ކަމަށެވެ. އެއާއެކު މި މަޢުލޫމާތުތައް ބޭނުން ކުރާނީ ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައްޔާއި އެކަމާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމުގައި ކަމަށް ޞިއްޙީ ވުޒާރާއިން ފާހަގަ ކޮށްފައިވެއެވެ. މި ސަރވޭގައި ބައިވެރިވުމަށް (https://forms.gle/ui5ThQfYZ4u7VBHt7) މިލިންކް ބޭނުންކުރެވޭނެއެވެ. 

ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ރައްޔިތުންނަށް މާލީ އިނާޔަތެއް ދޭން ނިންމައި އެކަމާ ގުޅޭ ދިރާސާއެއް ހެދުމަށް ކަމާ ގުޅުން ހުރި އިދާރާތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންގެވީ ނިމިދިޔަ ޖޫން މަހުގައެވެ. ދުންފަތުން ރައްކާތެރިވެތިބި މުޖުތަމަޢެއް ބިނާކުރުމަށް މި ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން  ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާއި، ދުންފަތް ވިއްކާ އަގު ބޮޑުކުރުން ހިމެނެއެވެ. ހަމައެއާއެކު ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރު ކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަވާފައިވެއެވެ

Ads by MSS

މި ލިޔުން ކިޔާލުމުން