Ads by Stelco

ޚަބަރު

ޣައްޒާގެ ކޮންޓްރޯލް ހޯދުމަށް އިސްރާއީލުން ރާވާފައިވާ ރޭވުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ރައީސުލްޖުމްހޫރިއްޔާ

ޣައްޒާގެ ކޮންޓްރޯލް ހޯދުމަށް އިސްރާއީލުން ރާވާފައިވާ ރޭވުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު: ފޮޓޯ- ފަރުދުން

farudhun logo

ފަރުދުން

08 އޯގަސްޓު 2025، 04:16

08 އޯގަސްޓު 2025، 04:16

ޣައްޒާގެ ކޮންޓްރޯލް ހޯދުމަށް އިސްރާއީލުން ރާވާފައިވާ ރޭވުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ އިސްރާއީލުގެ އިދާރާތަކުން ޣައްޒާގެ ކޮންޓްރޯލް ހޯދުމަށް ރާވާފައިވާ ރޭވުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި މިފަދަ ކޮންމެ ޢަމަލަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ހިލާފު އަދި ފަލަސްޠީނު ރައްޔިތުންގެ އަމިއްލަ ނިންމުމުގެ ޙައްޤުތަކަށް އަރައިގަތުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވީއެވެ.

މި ނިންމުމަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާ އިތުރުކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ސުލްޙައަށާއި ސަރަޙައްދީ ހަމަޖެހުމަށް ނުރައްކަލެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ ޣައްޒާގެ ކޮންޓްރޯލް ހޯދުމަށް ކުރެވޭ އެއްވެސް މަސައްކަތަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެއާއެކު ދިވެހިރާއްޖޭން ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި އަޑު އުފުލުން ހުއްޓާ ނުލައްވާނެކަން ފާހަގަކުރައްވާފައެެވެ.



އިސްރާއީލުން ޣައްޒާގެ މައްޗަށް އިތުރަށް ކޮންޓްރޯލް ހޯދުމަށް ރާވާފައިވާ ޕްލޭން ތަންފީޒުކުރުން ހުއްޓުވުމަށާއި، ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށާއި، ފަލަސްޠީނުގައި ހިންގާފައިވާ އެންމެހައި ލާއިންސާނީ ޢަމަލުތަކަށް ޖަވާބުދާރީކުރުވުމަށް އަވަސް އަދި ޢަމަލީ ފިޔަވަޅުތަކެއް އެޅުމަށް ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައްވާކަމަށްވެސް ރައީސްގެ މި ޕޯސްޓުގައި ވެއެވެ. 


ރައީސް މިހެން ވިދާޅުވެފައި މިވަނީ "ޣައްޒާ ސިޓީ" (ޣައްޒާގެ މެދު އަދި އުތުރު) އަސްކަރީ ގޮތުން ހިފާ، މުޅި ޣައްޒާގެ "ސެކިޔުރިޓީ ކޮންޓްރޯލް" އެކަށް އިޒްރޭލުން ނެގުމަށް ނަތަންޔާހޫ އާއި އެއްބަސް ވާކަމަށް އިޒްރޭލުގެ ސްކިޔުރިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމާއި ގުޅިގެންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން