ކުޅިވަރު

ރާއްޖޭގެ ފުޓުބޯޅަ ސީޒަން މިއަންނަ މަހު ފެށުމަށް ނިންމައިފި

ރާއްޖޭގެ ފުޓުބޯޅަ ސީޒަން މިއަންނަ މަހު ފެށުމަށް ނިންމައިފި

2022 ވަަނަ އަހަރު ބުރު ސްޕޯޓްސް ކްލަބުން ކުޅުނު ކޮލިފައިން މެޗު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

07 އޯގަސްޓު 2025، 10:24

07 އޯގަސްޓު 2025، 10:24

ގިނަ ދުވަސްތަކެއް ވަންދެން މެދުކެނޑިފައި އޮތުމަށްފަހު ރާއްޖޭގެ ފުޓުބޯޅަ ސީޒަން މިއަންނަ ސެޕްޓެންބަރު މަހު ފެށުމަށް ނިންމާފައިވާކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)އިން އިޢުލާންކޮށްފިއެވެ. 

އެގޮތުން ސީޒަން ފެށުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 15 ވަނަ ދުވަހުއެވެ. އެއަށްފަހު 10 ޓީމާއެކު ދިވެހި ޕްރިމިއަރ ލީގު ފަށާނީ ސެޕްޓެންބަރު 18 ވަނަ ދުވަހުއެވެ.

ދިވެހި ލީގުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެ ފަހަރަށް ބައްދަލުކުރާނެއެވެ. އަދި މި ސީޒަނަށްފަހު 2026/27 ސީޒަނުގެ ޕްރިމިއަރ ލީގުން ސީދާ ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓު ހޯދާ 6 ޓީމަށެވެ. އަދި ލީގުގެ 7ވަނަ އާއި 8ވަނައަށްދާ ޓީމުތައް މާލެ ލީގުގެ ކޮލިފިކޭޝަން ބުރު ކުޅެން ޖެހޭއިރު، އެންމެ ފުލަށްދާ ދެ ޓީމު ރީޖަނަލް ލީގުގެ މާލެ ލީގަށް (މިހާރުގެ ސެކަންޑް ޑިވިޝަނަށް) އޮޓޮމެޓިކުން ރެލިގޭޓްވާނެއެވެ. 

ރީޖަނަލް ލީގުތައް ބަހާލެވިފައިވާ ގޮތަށް ބަލާލާއިރު، މާލެ ރީޖަން ފިޔަވާ އެހެން ހުރިހާ ރީޖަންއެއްގައި ދެ ޒޯނެއް ހިމެނެއެވެ. އަދި ކޮންމެ ޒޯނަކުން އެންމެ މޮޅު ދެ ޓީމު ހިމެނޭ ރީޖަނަލް ލީގެއް ކުޅުމަށްފަހު ޗެމްޕިއަންކާ ހޯދާ ޓީމެއް ދަތުރުކުރާނީ ދިވެހި ޕްރިމިއާރ ލީގުގެ ކޮލިފައިން ބުރަށެވެ. ކޮލިފިކޭޝަންގައި ވާދަކުރާ 6 ޓީމުގެ ތެރެއިން 4 ޓީމަކަށް ދިވެހި ލީގުން ފުރުސަތު ލިބޭނެއެވެ. 

ރީޖަންތަކުގެ ލީގުތައް ބަހާލާފައިވާ ގޮތް:

  • ނޯތު ރީޖަން ( ޒޯން އެކެއް - ހއ. ހދ. ށ، ޒޯން ދޭއް - ނ، ރ، ބ، ޅ)
  • ސެންޓްރަލް ރީޖަން (ޒޯން އެކެއް - ކ، އއ، އދ، ޒޯން ދޭއް - ވ، މ، ފ، ދ)
  • ސައުތު ރީޖަން ( ޒޯން އެކެއް - ތ، ލ، ގއ، ޒޯން ދޭއް - ގދ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ)
  • މާލެ ރީޖަން (މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތައް)

އެފްއޭއެމްއިން މިހާރު ރާވާފައިވާ ގޮތުން އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހު ރީޖަނަލް ލީގުތަކުގެ ކުޅޭން ފަށާނެއެވެ. 

އަދި ހުރިހާ އަތޮޅު މުބާރާތެއްގެ ޗެމްޕިއަން ކަނޑައެޅުމާއި ރީޖަނަލް ލީގުތަކުގެ ޗެމްޕިއަން، އަންނަ އަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހު ދިވެހި ޕްރިމިއާރ ލީގު ނިމުމުގެ ކުރިން ކަނޑައެޅިގެންދާނެއެވެ. ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން އޮންނާނީ އަންނަ އަހަރުގެ މެއި މަހުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން