ޚަބަރު
ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ދޯނީގައި ކަނޑުވި ދިވެއްސަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެ

އެމްއެންޑީއެފް ކޯސްޓުގާޑް

ފަރުދުން
07 އޯގަސްޓު 2025، 11:28
07 އޯގަސްޓު 2025، 11:28
ހދ.ކުމުންދޫ ކައިރިން ބަންޑުންޖަހާލި ދޯނިން ކަނޑުވި ދިވެއްސަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ހދ.ކުޅުދުއްފުށިން ށ.ފުނަދޫއަށް 4 މީހުންނާއެކު ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ކުމުންދޫ ކައިރިން ބަންޑުން ޖަހާލާފައިވާކަމަށް މިއަދު 8:55 ހާއިރު ރިޕޯޓު ކޮށްފައިވާކަމަށެވެ. މި ދޯނިން ދަތުރު ކޮށްފައިވަނީ 2 ދިވެހިންނާއި 2 ބިދޭސީން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން ވިދާޅުވީ ދަތުރުކުރި 4 މީހުންވެސް ސަލާމަތްކޮށްގެން ކުޅުދުއްފުއްޓަށް ގެންގޮސްފައިވާކަމަށާއި އެތަނުން އެކަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާކަމަށެވެ. މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާ ނިޔާވެފައިވަނީ ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނު 10:30 ހާއިރު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.
ހަތަރު މީހުންނާ އެކު ހދ. ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗަކުން ކަނޑުވެ، ހާލު ދެރަވި ދެ މީހަކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ކުޅުދުއްފުއްޓަށް ގެންގޮސްދީފިhttps://t.co/egwT6t882z pic.twitter.com/qHTzVhh10P
— Maldives National Defence Force (@MNDF_Official) August 7, 2025
ހަތަރު މީހުންނާ އެކު ހދ. ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ސަޕްލައި ދޯނިން ކަނޑުވެ، ހާލު ދެރަވި ދެ މީހުން ކުޅުދުއްފުއްޓަށް ގެންގޮސްދީފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިންގެ އެހީތެރިކަމާއެކުގައެވެ