ކުޅިވަރު

އެމެރިކާ ލީގުގެ ރެކޯޑު ފީއަކަށް އެ ލީގުގެ ލޮސް އެންޖެލްސްއަށް ސޮން ގެންގޮސްފި

އެމެރިކާ ލީގުގެ ރެކޯޑު ފީއަކަށް އެ ލީގުގެ ލޮސް އެންޖެލްސްއަށް ސޮން ގެންގޮސްފި

ސޮން ލޮސް އޭންޖެލްސްއަށް ބަދަލުވިކަން އިޢުލާންކުރުން، ފޮޓޯ: ނިއުޔޯކް ޓައިމްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

07 އޯގަސްޓު 2025، 10:10

07 އޯގަސްޓު 2025، 10:10

އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާރއަށް 10 އަހަރު ކުޅުމަށްފަހު ސައުތު ކޮރެއާގެ ކެޕްޓަން ސޮން ހިއުން-މިން އެމެރިކާގެ ލޮސް އެންޖެލްސް އެފްސީއަށް ރެކޮޑު ފީއަކަށް ބަދަލުވެއްޖެއެވެ.

ސޮން ގެންދިއުމަށް ލޮސް އެންޖެލްސްއިން ވަނީ 20 މިލިއަން ޕައުންޑު ހޭދަކޮށްފައެވެ. މިއީ މިހާތަނަށް މޭޖަރ ލީގުގެ ކްލަބަކުން ކުޅުންތެރިއަކު ހޯދުމަށް ހޭދަކޮށްފައިވާ އެންމެ ބޮޑު އަގެވެ.

މީގެ ކުރިން، އެމެރިކާ ލީގުގެ އެންމެ އަގުބޮޑު ކުޅުންތެރިއަކީ އެޓްލާންޓާ ޔުނައިޓެޑްގެ އެމަނުއެލް ލާޓޭއެވެ. މިޑްސްބަރަރއިން ލާޓޭ ގެންދިއުމަށް އެޓްލާންޓާއިން ވަނީ 16.5 މިލިއަން ޕައުންޑު ހޭދަކޮށްފައެވެ.

ސޮންގެ ސޮއި ހޯދުމަށްފަހު ލޮސްއެންޖެލްސްއިން ހާމަކޮށްފައިވާ ގޮތުގައި، އޭނާ އެ ކްލަބަށް ކުޅުމަށް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ވަނީ ހަދާފައެވެ. އަދި އިތުރު ދެ އަހަރަށް އެ އެއްބަސްވުން ދައްމާލުމުގެ ޝަރުތެއް ވެސް އެއްބަސްވުމުގައި ހިމަނާފައިވާނެކަމަށް އެ ކްލަބުން ހާމަކުރެއެވެ. 

ޓޮޓެންހަމް ދޫކޮށްލަން ނިންމާފައިވާކަން ސޮން ހާމަކުރީ ޕްރީސީޒަންގެ ތެރެއިންނެވެ. ނަމަވެސް އޭނާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ހަމަވަނީ 2026 ވަނަ އަހަރު ތެރޭގައެވެ. 

ޓޮޓެންހަމްގައި ސޮން ހޭދަކުރި ދުވަސްތަކަށް އަލިއަޅުވާލަމުން އޭނާ ބުނީ، އުތުރު ލަންޑަނަށް ނިސްބަތްވާ ކްލަބަށް އޭނާ ބަދަލުވީ އުމުރުން އެންމެ 23 އަހަރުގައި ކަމަށާއި، އޭރު އިނގިރޭސި ބަހުން ވާހަކަ ދައްކަން ވެސް ނޭންގޭކަމަށެވެ. 



ޓޮޓެންހަމްގެ ޖާރޒީގައި ސޮން އެންމެ ގަހުން ކުޅުނީ މިދިޔަ ހޮނިހިރު ދުވަހު ނިއުކާސްލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެވެ. 

ދިހަ ސީޒަން ސްޕާސްގައި ސޮން ހޭދަކޮށްފައިވާއިރު، ޕްރިމިއަރ ލީގުގައި އޭނާ ވަނީ ޖުމްލަ 333 މެޗު ކުޅެފައެވެ. އަދި މި މުއްދަތުގައި ޖުމްލަ 127 ގޯލު ކާމިޔާބުކޮށްފައިވާއިރު، 71 އެސިސްޓު ވެސް ކޮށްދީފައިވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން