ކުޅިވަރު

އަލަށް އެލުކަވާލި އެމެޗަރ އެންޑް ގްރާސްރޫޓް ކޮމިޓީގެ ޗެއާމަނަކަށް އުމެއިރު

އަލަށް އެލުކަވާލި  އެމެޗަރ އެންޑް ގްރާސްރޫޓް ކޮމިޓީގެ ޗެއާމަނަކަށް އުމެއިރު

މުޙައްމަދު އުމެއިރު، ފޮޓޯ: ސިޑިބަރި

farudhun logo

ފަރުދުން

07 އޯގަސްޓު 2025، 09:24

07 އޯގަސްޓު 2025، 09:24

ދިވެހިރާއްޖޭގެ ފުޓުބޯޅައަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށް އެ ކުޅިވަރު ކުރިޔަށްގެންދާ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އަލަށް އެކުލަވާލި ކޮމިޓީތަކުގެ ތެރެއިން، އެމެޗަރ އެންޑް ގްރާސްރޫޓް ކޮމިޓީގެ ޗެއާމަނަކަށް އެ އިދާރާގެ ހިންގާ ކޮމިޓީގެ މެންބަރު އަދި ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުރުންތެރިޔާ މުޙައްމަދު އުމެއިރު ހަމަޖައްސައިފިއެވެ.

އެފްއޭއެމްގެ އައު ކޮމެޓީތައް އެކުލަވާލާފައި ވަނީ، ހިންގާ ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައެވެ. މީގެ ތެރެއިން އެކުލަވާލި އެމެޗަރ އެންޑް ގްރާސްރޫޓް ކޮމިޓީގެ މަސްއޫލިއްޔަތަކީ ގްރާސްރޫޓް މަސައްކަތްތައް ހަރުދަނާކޮށް ކުރިޔަށް ގެންދިއުމެވެ. 

އެމެޗަރ އެންޑް ގްރާސްރޫޓް ކޮމިޓީގެ ވައިސް ޗެއާމަނަކަށް ހަމަޖައްސާފައިވަނީ އޮޑި ސްޕޯޓްސް ކުލަބުގެ ފަރީދު މުޙައްމަދެވެ. މެންބަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ނިއުރޭޑިއަންޓްގެ ޒަހީނުއްދީނާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މުޙައްމަދު އަރީފެވެ.

އެފްއޭއެމް ހިންގުމާ އަލަށް ހަވާލުވި އެކްޒެކެޓިވް ކޮމެޓީއިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ގްރާސް ރޫޓް ލެވެލްގެ ފުޓްބޯޅަ އިތުރަށް ވަރުގަދަކޮށް ޤައުމީ ޓީމުތަކާއި ހަމައަށް އަންނަ ކުދިންނަށް ޤައުމީ ލެވެލުގައި ކުޅުމުގެ ފުރުސަތުތައް އިތުރުކޮށްދީ އެ ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްޤީކޮށްދިނުމަށް ތަފާތު ފުރުސަތުތައް ހޯދައިދިނުމަށް އެފްއޭއެމުން މަސައްކަތް ކުރާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން