ކުޅިވަރު

ބައިނަލްއަޤުވާމީ ތިން މުބާރާތެއްގެ ސެލެކްޝަންގައި ވާދަކުރާނެ ޓީޓީ ކުޅުންތެރިން ހޮވައިފި

ބައިނަލްއަޤުވާމީ ތިން މުބާރާތެއްގެ ސެލެކްޝަންގައި ވާދަކުރާނެ ޓީޓީ ކުޅުންތެރިން ހޮވައިފި

ސައުތު އޭޝިއަން ކޮލިފަޔާސްގައި ވާދަކުރި ދިވެހި ޓީޓީ ޓީމް---

farudhun logo

ފަރުދުން

06 އޯގަސްޓު 2025، 07:36

06 އޯގަސްޓު 2025، 07:36

ބައިނަލްއަޤުވާމީ ޓޭބަލް ޓެނިހުގެ ތިން މުބާރާތެއްގެ ސެލެކްޝަންގައި ވާދަކުރާނެ ކުޅުންތެރިން ހޮވުމަށްފަހު އެ ކުޅުންތެރިންގެ ނަންތައް އިޢުލާންކޮށްފިއެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ސިލެކްޝަންތައް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުން ދަނީ، އޮކްޓޫބަރުގައި އިންޑިއާގައި ބާއްވާ 28 ވަނަ އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް އާއި ނޮވެންބަރު މަހު ސަޢުދީ އަރަބިއްޔާގައި ބާއްވާ 6 ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އަދި އޮކްޓޫބަރު މަހު ބަޙްރެއިންގައި ބާއްވާ އޭޝިއަން ޔޫތް ގޭމްސް 2025 ގައި ވާދަކުރާނެ ކުޅުންތެރިން ހޮވުމުގެ ގޮތުންނެވެ.

އެގޮތުން ސެލެކްޝަނުގައި ވާދަކުރާ ސީނިއާރ އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ، ފާތިމަތު ދީމާ އަލީ، މިޝްކާ މުހައްމަދު އިބްރާހިމް، އައިޝަތު އަލްސާ ނާފިޒު، އައިޝަތު މަލަކް ތަސްނީން، އައިޝަތު ޒާރާ ޝާހިލް، އައިޝަތު ރަފާ ނާޒިމް، ލައިސާ ފަތުހުالله އިސްމާއިލް އަދި މިންހާ މަހްޖޫބް ޝުޖާއުއެވެ.

އަދި ސެލެކްޝަނުގައި ވާދަކުރާ ސީނިއާ ފިރިހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ މޫސާ މުންސިފް އަޙުމަދު، މުޙައްމަދު ޝައްފާން އިސްމާއިލް، އަޚްޔަރް އަހުމަދު ޚާލިދު، މުޙައްމަދު ޒީސްތް ނަސީމް، މުހައްމަދު ޚަލަފް ރާފިއު، އަންވަރު އިބްރާހިމް ލަތީފް އަދި އިބްރާހިމް އައުޒަމް އަޒީމެވެ.

މީގެ އިތުރުން އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖެއިން ވާދަކުރާ ކުޅުންތެރިން ހޮވުމަށް ބާއްވާ ސެލެކްޝަނުގައި ވާދަކުރާނީ އަލްޔާން އަލީ ނިޝާމް، މުހައްމަދު އައިދު ބިން ޝަރަފުއްސަދާތު، މުހައްމަދު އާލް އިމްރާމް އަދި މުހައްމަދު ޚަލަފް ރާފިއުއެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހާމަކޮށްފައިވާ ގޮތުގައި ސިލެކްޝަން މެޗުތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 7 އޮގަސްޓުން ފެށިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން