Ads by Stelco

ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރީގެ ތުހުމަތުގައި މާލެއިން ހަތަރު މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ތުހުމަތުގައި މާލެއިން ހަތަރު މީހުން ހައްޔަރުކޮށްފި

މިމައްސަލައިގައި ހައްޔަރުކުރި މީހުން.

farudhun logo

ފަރުދުން

06 އޯގަސްޓު 2025، 12:05

06 އޯގަސްޓު 2025، 12:05

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. އޭގެ ތެރެއިން އެކަކު މިހާރު ދޫކޮށްލާފައިވާ އިރު، ފުލުހުން މިކަން ހާމަކޮށްފައިވަނީ މިއަދު ހެނދުނު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، އެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މި އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، މާލެއާއި ހުޅުމާލޭގެ އެޕާޓްމަންޓުތަކެއް ބަަލައިފާސްކުރުމުގެ ތެރެއިންނެވެ. ކޯޓު އަމުރެއްގެ ދަށުން އެ ހަތަރު މީހުން ހައްޔަރުކޮށް، އެ ދެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 111.08 ގުރާމުގެ ތަކެއްޗާއި ފަސް ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރުމަށް ޝަރުތުކުރުމަށް ފަހުގައި، އެކަކު ވަނީ ދޫކޮށްލާފައެވެ. ބާކީ ތިބި ތިން މީހުން ކަމުގައިވާ މ. އާރު / މާލެ، މުޙައްމަދު ލަޔާން އަޙްމަދު (21އ) އާއި، ކޮކާހަނދުވަރު / މ. މުލައް، ޢަލީ ނާޡިމް (40އ) އާއި، މ. މޯނިންގވިޔު / މާލެ. ޢަލީ ނާވީ ނިޔާޒު (23އ) ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ލަޔާން އާއި ނާޡިމް ގެ ބަނދަށް ހަތް ދުވަސް ކަނޑައަޅާފައިވާއިރު، ނާވީ ގެ ބަންދަށް ފަސް ދުވަސް ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައާ ބެހޭ ތަޙުޤީޤުތައް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން