ކުޅިވަރު

އޭޝިއަން ސާރފިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ރާޅާ އެޅުންތެރިން ރެޕޯ ބުރަށް

އޭޝިއަން ސާރފިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ރާޅާ އެޅުންތެރިން ރެޕޯ ބުރަށް

އޭޝިއަން ސާރފިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފެތުންތެރިން، ފޮޓޯ: ސިޑިބަރި

farudhun logo

ފަރުދުން

06 އޯގަސްޓު 2025، 09:29

06 އޯގަސްޓު 2025، 09:29

އިންޑިއާގެ ޓެމިލްނާޑޫގެ މަހާބަލީޕޫރަމްގައި މިހާރު ކުރިޔަށްދާ އޭޝިއަން ސާރފިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ތިން އަންހެން ރާޅާ އެޅުންތެރިން ރެޕޯ ބުރުން ޖާގަ ހޯދައިފިއެވެ. 

މި މުބާރާތުގެ ރެޕޯ ބުރުން ޖާގަ ހޯދާފައި ވަނީ ވުމަންސް އޯޕަން ކެޓަގަރީގައި ރާއްޖޭން ވާދަކުރާ މަރިޔަމް ރާހިލް ނަސީމް (އާޔާ)، ރިޝްތާ ސުޖާއު އަދި ޝަޒިޔާ ސައީދު (ޝާޒް) އެވެ. 

މުބާރާތުގެ އަންހެނުންގެ ބައިގެ ފުރަތަމަ ބުރުގެ ހީޓުތަކުގެ ތެރެއިން ރާހިލް ވާދަކުރީ ދެވަނަ ހީޓުގައެވެ. އޭނާ ވަނީ 1.30 ގެ ސްކޯއަކާއަކާއެކު މި ހީޓުގެ ދެވަނަ ހޯދާފައެވެ. 

ހީޓް 9 ގައި ވާދަކުރި ރިޝްތާ ވެސް ވަނީ 1.47ގެ ސްކޯއަކާއެކު އެ ހީޓުގެ ދެވަނަ ހޯދާފައެވެ.
ރާއްޖޭގެ ޝާޒިޔާ ވާދަކުރީ ހީޓު 10 ގައެވެ. މި ހީޓުގައި 2.46 ގެ ސްކޯއަކުން ޝާޒިޔާއަށް ލިބުނީ ހީޓުގެ ތިންވަނައެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ހޫދު އަޙްމަދު (ހޫބްސް) އާއި އިސްމާޢިލް ރަޝީދު (ސްމައިލީ) ވެސް ވަނީ ރެޕޯ ބުރުން ޖާގަ ހޯދާފައެވެ. 

އަދި ރާއްޖޭގެ ސާފިން ޓީމުގެ ކެޕްޓަން އަޙްމަދު އާގިލް (އަންމަޑޭ) ވަނީ ފުރަތަމަ ހީޓުގެ އެއްވަނަ ހޯދާ ތިންވަނަ ބުރުގެ ޖާގަ ހޯދާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން