Ads by Stelco

ޚަބަރު

ވިޒިޓް މޯލްޑިވްސްގެ ލޯކަލް އެމްބެސެޑަރަކަށް ނައުޝާދު ހަމަޖައްސައިފި

ވިޒިޓް މޯލްޑިވްސްގެ ލޯކަލް އެމްބެސެޑަރަކަށް ނައުޝާދު ހަމަޖައްސައިފި

ޖުވެންޓަސްއާއެކު މަހިބަދޫގައި ހިންގި ހަރަކާތުގައި ނައުޝާދު (ކ) އާއި އެޑްގާރ ޑާވިޑްސް (ވ)، ފޮޓޯ: ވިޒިޓް މޯލްޑިވްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

06 އޯގަސްޓު 2025، 07:55

06 އޯގަސްޓު 2025، 07:55

އިޓަލީގެ ޔުވެންޓަސްއާއެކު މަހިބަދޫގައި ހިންގި ޙާއްސަ ހަރަކާތަށްފަހު، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ "ލޯކަލް އެމްބެސެޑާރޝިޕް ޕްރޮގްރާމް"ގެ ދަށުން އެ ކޯޕަރޭޝަންގެ އެމްބެސެޑަރަކަށް ނައުޝާދު މުޙައްމަދު ހަމަޖައްސައިފިއެވެ. 

ނައުޝާދު އެމްބެސެޑަރަކަށް ހަމަޖެއްސުމުގެ މަޤުސަދު ހާމަކުރަމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ހާމަކުރީ، އެ ޕާރޓްނާޝިޕްގެ މަޤުސަދަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް، ސްޕޯޓްސް ޓުއަރިޒަމް އިތުރަށް ފުޅާކުރުމަށް ރާއްޖޭގެ އަޑުތައް ބޭނުންކޮށްގެން މަސައްކަތްކުރުން ކަމަށެވެ.

އެގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ނައުޝާދު ސިފަކުރަނީ ފުޓުބޯޅައަށް ޙާއްސަ ކޮންޓެންޓު ހެދުމަށާއި، އިވެންޓު މެނޭޖުކުރުމަށާއި އަދި ސްޕޯޓްސް ޓުއަރިޒަމްގެ މާހިރެއްގެ ގޮތުގައެވެ. އެއީ ކުޅިވަރާއި ރާއްޖޭގެ ޓުއަރިޒަމާ ގުޅުވާލުމަށް އޭނާ އަދާކޮށްފައިވާ ދައުރު ފުޅާވުމުންކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

ނައުޝާދުއާ ގުޅިގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބޭނުންވަނީ، ޙާއްސަ ގޮތެއްގައި ކުޅިވަރާއި އެޑްވެންޗަރ ދާއިރާތަކުން ރާއްޖޭގެ މަޝްހޫރުކަން މުޅި ދުނިޔެއަށް ފުޅާ ކުރުމުގައި އެހީތެރިކަން ހޯދުމަށެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެއަކީ ހަމައެކަނި ޗުއްޓީ ހޭދަކުރުމުގެ އިތުރުން، އެހެނިހެން ތަފާތު ތަޖުރިބާތައްވެސް ކުރެވޭނެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުން ހިމެނޭކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ. 

ސްޕޯޓްސް ޓުއަރިޒަމް ފުޅާކުރުމަށް މިހާތަނަށް ނައުޝާދުކުރި އެންމެ ބޮޑު މަސައްކަތަށް ބަލާލާއިރު، އޭނާ ވަނީ ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުލަބު، އިޓަލީގެ ޔުވެންޓަސްގެ 127ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކެއް، އެ ކްލަބާ ގުޅިގެން މި އަހަރުގެ އެޕްރީލް މަހު އދ. މަހިބަދޫގައި ހިންގާފައެވެ. އެ ހަރަކާތުގައި ޔުވެންޓަސްއަށް ކުރިން ކުޅުނު ނެދަލަންޑްސްގެ މަޝްހޫރު މިޑްފީލްޑަރ، އެޑްގާ ޑާވިޑްސް ވެސް ބައިވެރިވިއެވެ. 

ޔުވެންޓަސްއިން އަހަރީ ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ ތިން ތަނެއް ކަނޑައެޅިއިރު މަހިބަދޫއަށް މި ފުރުސަތު ލިބުނީ، ރާއްޖޭގެ ޖަޒީރާވަންތަ ހިތްގައިމުކަން ހިމެނޭހެން މަހިބަދޫ ފުޓްބޯޅަ ދަނޑު (ޕެލޭ ސްޓޭޑިއަމް) މަތިން ދައްކުވައިދޭ ގޮތަށް އިންސްޓަރގްރާމްގައި ވައިރަލްވުމާއި ގުޅިގެންނެވެ. މިކަމަށް ކޮންޓެންޓު ހަދައި މިކަން ހާސިލްކުރުމަށް މަސައްކަތްކޮށްފައި ވަނީ ނައުޝާދުއެވެ. 

ނައުޝާދަކީ "ލޯކަލް އެމްބެސެޑާރޝިޕް ޕްރޮގްރާމް"ގެ ދަށުން އައްޔަނުކުރި ދެވަނަ އެމްބެސެޑަރެވެ. މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ އައްޔަންކުރީ، ކުރިއަރަމުން އަންނަ މިއުޒިކް ބޭންޑް "ޓޫއޮފްއަސް" އައްޔަންކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން