ކުޅިވަރު
ފަންސާސް މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު ޢުލްޔާ އާކޮށްފި

ޢާއިޝަަތު ޢުލްޔާ ޝާއިޤް---
އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ ހެންކޮކް ޕްރޮސްޕެކްޓިންގ ވެސްޓަރން އޮސްޓްރޭލިއާ ޝޯރޓްކޯސް ޗެމްޕިއަންޝިޕްސް 2025ގައި އަންހެނުންގެ ޝޯރޓް ކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑު އާކޮށްފިއެވެ.
މި ރެކޯޑު އާކޮށްފައި ވަނީ ޢާއިޝަަތު ޢުލްޔާ ޝާއިޤްއެވެ. ޢުލްޔާ މި ރެކޯޑު އާކުރީ 00:28.41 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯރޑު އެންމެ ފަހުން އޮތީ އަމްނާ ތަޒްކިޔާ މިރުޞާދުގެ އަތުގައެވެ. ތަޒްކިޔާ މި ރެކޯޑު އައިކުރީ މިދިޔަ އަހަރު ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯރޓްކޯސް (25މީޓަރ) އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްގައި 00.28.55 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
ޝޯރޓް ކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑުގެ އިތުރުން، ޢުލްޔާގެ އަތުގައި ރާއްޖޭގެ އިންޑިވިޖުއަލް އިތުރު 3 ރެކޯޑަކާއި، ޓީމް އިވެންޓުގެ 4 ރެކޯޑެއް އޮވެއެވެ.
އިންޑިވިޖުއަލް ރެކޯޑުތައް:
- އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ބެކްސްޓްރޯކް ރެކޯޑު
- އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ފްރީސްޓައިލް ރެކޯޑު
- އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ފްރީސްޓައިލް ރެކޯޑު
ޢުލްޔާ ހިމެނޭ ޓީމް އިވެންޓުގެ ރެކޯޑުތައް:
- އަންހެނުންގެ ޝޯޓް ކޯސް 4 X 100 މީޓަރ ފްރީސްޓައިލް ރިލޭގެ ރެކޯޑު
- އަންހެނުންގެ ޝޯޓް ކޯސް 4 X 100 މީޓަރ މެޑްލޭ ރިލޭގެ ރެކޯޑު
- ލޯންގް ކޯސް 4 X 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭގެ ރެކޯޑު
- ލޯންގް ކޯސް 4 X 100 މީޓަރ މެޑްލޭ މިކްސްޑް ރިލޭގެ ރެކޯޑު