ކުޅިވަރު
ލަބެރަ ބޮޑީބޯޑިން ޗެލެންޖް 2025 ފަށައިފި

މުބާރާތުގެ ބައިވެރިއެއް ހީޓެއްގައި ވާދަކުރަނީ/ފޮޓޯ: ޕީއެސްއެމް
ލަބެރަ ބޮޑީބޯޑިން ޗެލެންޖް 2025 ފަށައިފި އެވެ.
ލަބެރަ ބޮޑީބޯޑިންގ ޗެލެންޖަކީ، ޤައުމީ ބޮޑީބޯޑިންގ ލީގުގެ އެންމެ ފޯރިގަދަ އެއް މުބާރާތެވެ. މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ 21 އެތުލީޓުން ވާދަކުރާނެއެވެ.
މިއަހަރުގެ ބޮޑީބޯޑީންގ ޗެލެންޖުގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވާ އެތުލީޓުން ވަނީ ބައިވެރިވެފައެވެ. އެގޮތުން، ޖުމްލަ 8 ސަރަޙައްދެއްގެ އެތުލީޓުން ވަނީ މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެވެ.
މިއަހަރު ބައިވެރިވެފައިވާ އެތުލީޓުން:
- މާލެ ސިޓީ - 8 އެތުލީޓުން
- ފުވައްމުލައް ސިޓީ - 2 އެތުލީޓުން
- ނ. ޅޮހި - 3 އެތުލީޓުން
- ލ. ގަން - 2 އެތުލީޓުން
- ށ. ކަނޑިތީމު - 2 އެތުލީޓުން
- ނ. މާފަރު - 1 އެތުލީޓު
- މ. މޭވަށް - 1 އެތުލީޓު
- ކ. ދިއްފުށި - 1 އެތުލީޓު
ލަބެރަ ބޮޑީބޯޑިން ޗެލެންޖު މިހާރު ފަށައިގެން ކުރިއަށްދާއިރު، މުބާރާތުގެ ބައިވެރިން ދަނީ ފޯރިގަދަކަމާއެކު ހީޓުތަކުގައި ވާދަކުރަމުންނެވެ.