Ads by Stelco

ޚަބަރު

ޝުޖާއު މާލިއްޔަތު ކޮމިޓީން، ތަރިކަ ކޮމެޓީއަށް

ޝުޖާއު މާލިއްޔަތު ކޮމިޓީން، ތަރިކަ ކޮމެޓީއަށް

ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއު

farudhun logo

ފަރުދުން

04 އޯގަސްޓު 2025، 11:07

04 އޯގަސްޓު 2025، 11:07

ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރައްޔިތުންގެ މަޖިލީހުންގެ މާލިއްޔަތު ކޮމިޓީން ވަކިކޮށް، ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީގައި ޕީއެންސީ ތަމްސީލު ކުރައްވާ މެމްބަރެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ. 

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިކަން އެއްގެވީ މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގެ ތެރެއިންނެވެ.  މަޖިލީހުގެ ރައީސް ވިދާޅުވީ، މެމްބަރު ޝުޖާއު މާލިއްޔަތު ކޮމިޓީއިން ވަކިކޮށް، ގައުމީ ތަރައްގީޢާއި ތަރިކައިގެ ކޮމިޓީއަށް ބަދަލުކޮށްފައިވާކަމަށެވެ. މާލިއްޔަތު ކޮމިޓީގައި ޕީއެންސީގެ ފަރާތުން ހިމެނިވަޑައިގަންނަވާ ބާރަށު ދާއިރާގެ މެމްބަރު ޝުޖާއުގެ ބަދަލުގައި އެކޮމިޓީއަށް އައްޔަން ކުރީ ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުހައްމަދު ރަޝީދުއެވެ.

ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު މާލިއްޔަތު ކޮމިޓީން ވަކިކޮށްފައިމިވަނީ، މެމްބަރާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އެކުލަވައިލި ރިޕޯޓެއް ލީކުވެ، ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެފްއައިޔޫގެ ރިޕޯޓު ކަމަށް ބުނާ ރިޕޯޓުގައިވާ ގޮތުން ޝުޖާއު ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސްއާ އެކު ބޮޑެތި ފައިސާގެ މުޢާމަލާތްތައް ވަނީ ކޮށްފަ އެވެ. އޭގެ ތެރޭގައި ސްވޯން ފެމިލީ، ކުއިކް ޝުއާ އަދި ޑީކިއު ހޯލްޑިންސް ހިމެނެއެވެ. މި މައްސަލަ ބަަމުންދާކަމަށްވެސް ކަމާބެހޭ އިދާރާތަކުން ވިދާޅުވެފައި ވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން