Ads by Stelco

ޚަބަރު

މަރުޙޫމް ޙަސަން ޞާބިރުގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތެއް

މަރުޙޫމް ޙަސަން ޞާބިރުގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތެއް

މަރުޙޫމް ޙަސަން ޞާބިރު

farudhun logo

ފަރުދުން

04 އޯގަސްޓު 2025، 10:51

04 އޯގަސްޓު 2025، 10:51

 ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ މަރުޙޫމް ޙަސަން ޞާބިރުގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގައި ހަމަހިމޭންކަމުގެ ސްކޫތެއް ގެނެސްފިއެވެ.

ހަމަހިމޭޏް ކަމުގެ ސުކޫތު ގެނެސްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވިއިރުއެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވީ ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

މަރުޙޫމް ޙަސަން ޞާބިރަކީ 15 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ މަޖިލީހުގެ އަރިއަތޮޅުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ޙަސަން ޞާބިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވާފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައާއި ރާއްޖޭގެ އިޤްތިޞާދީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން