Ads by Stelco

ޚަބަރު

"ސުމޭކު ވަސީލަތްތަކަށް ހޭލުންތެރި އިސްރަށްވެހިން" ނަމުގައި ޙާއްޞަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

"ސުމޭކު ވަސީލަތްތަކަށް ހޭލުންތެރި އިސްރަށްވެހިން" ނަމުގައި ޙާއްޞަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން

farudhun logo

ފަރުދުން

04 އޯގަސްޓު 2025، 10:01

04 އޯގަސްޓު 2025، 10:01

"ސުމޭކު ވަސީލަތްތަކަށް ހޭލުންތެރި އިސްރަށްވެހިން" ނަމުގައި ޙާއްޞަ ތަމްރީނު ޕްރޮގްރާމެއްއިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް ކުރިއަށް ގެންގޮސްފިއެވެ. 

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ޕެންޝަން އޮފީހާއި ގުޅިގެން އެ ވުޒާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "ސުމޭކު ވަސީލަތްތަކަށް ހޭލުންތެރި އިސްރަށްވެހިން" މި ނަމުގައި ޓްރެއިނިންގ އޮފް ޓްރެއިނަރސް ގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

މި ތަމްރީން ޕްރޮގްރާމުގެ މަޤްސަދަކީ ދޮށީ އުމުރުގެ މީހުންނަށް ޒަމަނީ ވަސީލަތްތައް ބޭނުންކޮށްގެން މުޢާމަލާތް ކުރުމަށް އެހީވެދިނުން ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި ތަމްރީން ޕްރޮގްރާމުގައި އެ ވުޒާރާގެ މުވައްޒަފުންގެ އިތުރުން، އިސްރަށްވެހިންގެ ނާދީގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.


މި ތަމްރީން ޕްރޮގްރާމުގައި، ޒަމާނާއެކު މުވާސަލާތު ކުރުމަށް އައިސްފައިވާ ބަދަލުތަކާއި، އިންޓަނެޓަކީ ކޯއްޗެއްކަމާއި އަދި ސްމާޓް ފޯނު ބޭނުން ކުރާނެ ގޮތްތަކާއި ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. މިގޮތުން އަންނަ ފޯނު ކޯލުތަކަށް ޖަވާބުދޭނެ ގޮތާއި، ފޯނުން ފޮޓޯނެގުމާއި، އެހެން މީހަކާއެ ފޮޓޯ ހިއްސާކުރާނެ ގޮތްތައް އަދި ދިވެހި ބަހުން ހުންނަ އާޓިކަލް ފަދަ ތަކެތި އިންޓަނެޓު މެދުވެރިކޮށް ރައްކާތެރި ގޮތުގައި ހޯދައި ކިޔޭނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދޭނެ ގޮތްތަށް ކިޔާދީފައިވެއެވެ.

މީގެ އިތުރުން މީހުންގެ ނަންބަރު ސޭވްކުރާނެ ގޮތްތަކާއި، ޢާއިލާގެ މެންބަރުންނަށް ގުޅައި ވީޑިއޯކޯލް ކުރާނެ ގޮތްތައްވެސް މި ތަމްރީން ޕްރޮގްރާމުގެ ތެރެއިން ވަނީ ކިޔާދީފައެވެ. އަދި ރަތްކާތެރިގޮތުގައި މީސްމީޑިއާ ބޭނުންކުރާނެ ގޮތްތަކާއި ގުޅޭ މަޢޫލޫމާތުވެސް ވަނީ ތަމްރީން ޕްރޮގްރާމުގެ ބައިވެރިންނަށް ކިޔާދީފައެވެ.

ހަމައެއާއެކު، ފައިސާއާއި ގުޅުންހުރި ކަންކަމުގައި ފޯނު ބޭނުންކުރާނެ ގޮތްތަކާއި، ސްކޭމްތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން ކިޔާދޭނެ ގޮތްތައްވެސް ތަމްރީން ޕްރޮގްރާމުގެ ތެރޭގައި ހިމެނިފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން